ޤަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހަން އަނެއްކާވެސް ފުލުހުން ފަށައިފިއެވެ.
ޕާކިން ސްޓިކާ ހުސްވެ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލީމިދިޔަ މެއި މަހުގެ ތެރޭގައެވެ. ފުލުހުންނަށް ސްޓިކާ ފޯރުކޮށްދެނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އެގޮތުން ސްޓިކާ ހުސްވެފައިވާތީ ފާއިތުވި ދޮޅު މަހެއްހާ ދުވަހު ސްޓިކާ ޖެހުން ފުލުހުން ވަނީ މެދުކަނޑާލާފައެވެ.
Eid hadhiyaa pic.twitter.com/wcNtpEHqPk
— ⚫️🦓⚪️TEDRY💙🇮🇹💙 (@tedry) July 8, 2022
އަލުން ސްޓިކާ ޖެހުން ފުލުހުން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ޢީދަށް މާލޭގެ ކާރުބާރު ބޮޑުވެ ޤަވާއިދާއި ޚިލާފަށް ގިނަ ޢަދަދެއްގެ އުޅަނދުތައް ޕާކޮށްފައިހުއްޓައި، ރޭ މަޖިލީ މަގުގައި ހުރި އުޅަންދުތަކެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހާފައެވެ. ފުލުހުން ސްޓިކާ ޖަހަން ފެށުމުން މިއީ ޢީދު ހަދިޔާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައެވެ.
ޕާކިން ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ސްޓިކާ ޖެހުން ހުއްޓާލިއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ސްޓިކާ ޖަހަން ފެށިއެވެ.
ސްޓިކާ ޖަހައިގެންފަދަ ޖޫރިމަނާކޮށްގެން ދައުލަތަށް މި ހިނގަމުންދާ 2022 ވަނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް 82.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
2021 ވަނަ އަހަރުގައި ފާސްކުރި ދައުލަތުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދަކީ 145.1 މިލިއަން ރުފިޔާއެވެ. އެހެންކަމުން މުޅި އަހަރަށް ޖޫރިމަނާއިން ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވު އިތުރަށް 82.7 މިލިއަން ރުފިޔާ ސަރުކާރުންވަނީ ހޯދާފައެވެ.
ކޮމެންޓު ފޮނުވާ