ގއ. ދާންދޫގައި އީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ޒުވާން ފިރިހިގެން ސިއްޚީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި އީދު ފާހަގަ ކުރުމުގެ ގޮތުން އީދު މަޅީގައި ރޯކުރަން އުޅުމުގެ ތެރޭގައި ދެ ޒުވާނެއްގެ ގައިގައި އަލިފާން ޖެހި، ފިހިފައިވާ ކަމަށެވެ. ނަމަވެސް ދެ ޒުވާނުންގެ ހާލު ސީރިއަސް ނޫން ކަމަށް އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ، ދެ ކުއްޖަކަށް މި ހާދިސާގައި އަނިޔާވި ނަމަވެސް، އަނެއް ކުއްޖާއަށް ބޮޑުވަރުވެފައި ނުވާ ކަމަށެވެ. އަދި ދެވަނަ ކުއްޖާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.
އެއް ޒުވާނެއްގެ އަތުގެ އެކި ތަންތަން ވަނީ ފިހިފައި، އަނެއް ޒުވާނާގެ ފައި ފިހުނީ.
– އާސިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަނެއް ކުއްޖާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު، ފެންނަ ފެނުމަށް އެހާ ސީރިއަސް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ