ރަންވީރް ބުނަނީ މައިދައިތަ ދެކެ ވަރަށް ބިރުގަންނަ ކަމަށް!

ރަންވީރް ބުނަނީ މައިދައިތަ ދެކެ ވަރަށް ބިރުގަންނަ ކަމަށް!

Author
ޢަލީ އާދަމް
05 ޖުލައި 2022 08:18
0

ބޮލީވުޑުގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރ ރަންވީރު ސިންގް އޭނާގެ މައިދައިތަ ދެކެ ވަރަށް ބިރުގަންނަ ކަމަށް ބިނެފިއެވެ.

ރަންވީރު މިހެން ބުނެފައިވަނީ އެމެރިކާގެ ކެލެފޯނިއާގައި ބޭއްވި، އިންޑިއާގެ ލަވަކިއުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރ ޝަންކަރު މަހާދޭވަންގެ ކޮންސެޓްގައި ބައިވެރިވެ، ސްޓޭޖްމަތީގައި ވާހަކަ ދައްކަމުންނެވެ.

އަންހެނުން ދީޕިކާ ޕަޑްކޯނާއެކު އެމެރިކާގައި މިވަގުތު ހުރި ރަންވީރު މިވާހަކަ ދައްކާފައިވަނީ ކޮންސެޓް ބެލުމަށް ދީޕިކާގެ އާއިލާވެސް އެތަނުގައި ތިއްބާއެވެ. އެގޮތުން ދީޕިކާ އާއި މަންމަ އުއްޖަލާ ޕަޑްކޯނާއި ބައްޕަ ޕްރަކާޝް ޕަޑްކޯން އަދި ކޮއްކޮ އަނީޝާ ވެސް ކޮންސެޓް ބެލުމަށް އެކުގައި ގޮސްފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝޯގެ ބައެއް ވީޑިއޯ ކްލިޕްތައް ތެރެއިން އެއް ކްލިޕްގައި ރަންވީރު ބުނަނީ "އަހަރެންނަށް މިކަން ނުކުރުމަށް ވަރަށް ހަރުކަށިކޮށް ވަނީ އަންގާފަ، އަހަރެން މައިދައިތަ ދެކެ ވަރަށް ބިރުގަނޭ، ތިމީހުނަށް އަންދާޒާވެސް ނުކުރެވޭނެ" ކަމަށެވެ. ނަމަވެސް ރަންވީރު މިހެން ބުނަނީ ސަމާސާ ގޮތަކަށެވެ.

ރަންވީރާއި ދީޕިކާ، ދީޕިކާގެ މަންމައާއި ބައްޕައާއެކު.

ކޮންސެޓްގެ ތެރެއިން ޝަންކަރު މަހާދޭވަން ބަނީ ރަންވީރަށް ހާއްސަކޮށް އުފަންދުވަހުގެ ލަވައެއްވެސް ކިޔާފައެވެ. އަދި މި ލަވައިގައި ޝޯބަލަން ތިބި މީހުން ބައިވެރިވެ، އެކުގައި ލަވަކިޔާތަން ފެންނަ ވީޑިއޯ ތަކެއް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ރަންވީރަށް 37 އަހަރު ފުރޭނީ މާދަމާއެވެ.

ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު ބެލުންތެރިންނާ ހަމައަށް އެދެން އެންމެ އަވަހަށް ފެނިގެންދާނެ ރަންވީރުގެ ފިލްމަކީ ރޯހިތު ޝެއްޓީގެ "ސާކަސް"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.