ޔޫކުރެއިން އައްސޭރީގައި އޮންނަ ކުޑަކުޑަ ރަށެއް ކަމުގައިވާ ސްނޭކް އައިލޭންޑުން ރަޝިއާ ސިފައިން ފައިބައިފިއެވެ. މި ރަށުން ރަޝިއާ ސިފައިން ފޭބިކަން އިއުލާން ކުރަމުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެގައުމުގެ ސިފައިން މި ކުޑަރަށުން ފައިބާފައިވަނީ "ނިޔަތް ރަގަޅުކަން" ސާބިތު ކޮށްދިނުމުގެ ގޮތުން ކަމުގައެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓަރީން ވިދާޅުވެފައިވަނީ، ރަޝިއާގެ މި ނިންމުމަކީ، ދުނިޔެއަށް ކުރިމަތި ވަމުންދާ ކާބޯތަކެތީގެ ކާރިސާއާއި ގުޅިގެން ދަނޑުވެރިކަމާއި ގުޅުންހުރި ތަކެތި އެކްސްޕޯޓު ކުރުމަށްޓަކާ، ޔޫއެންއިން އިންތިޒާމް ކޮށްގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ކަނޑު އޮޅިއެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
ޔޫރެއިންއާއި ހުޅަގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާގެ އަސްލުކަމުގައިވާ، ޔޫކުރެއިންގެ ގޮދަނައިގެ ބާވަތްތައް އެކްސްޕޯޓުކުރުން ހުއްޓުވުމަށް ރަޝިއާއިން ދަނީ ޔޫކުރެއިންގެ ޕޯޓުތައް ބްލޮކް ކުރަމުންނެވެ.
ރަޝިއާއިން ސްނޭކް އައިލޭންޑް ހިފާފައިވަނީ ޔޫކުރެއިން ހަނގުރާމައިގެ ފުރަތަމަ ދުވަހުއެވެ. އަދި މިހަނގުރާމާގައި މިރަށް އާދަޔާ ޚިލާފަށް މަޝްހޫރުވެގެން ދިޔައީ، މި ރަށް ހިމާޔަތް ކުރަމުންދިޔަ ޔޫކުރެއިންގެ ބޯޑަރ ގާޑުން އަމާން ދިނުމަށް ރަޝިއާގެ ހަގުރާމަމަތީ މަނަވަރަކުން ދިން އިންޒާރުތަކަށް އިޖާބަ ނުދީ ދީފައިވާ ޖަވާބުތަކުންނެވެ.
ކޮމެންޓު ފޮނުވާ