އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި މީހަކު ހައްޔަރުކުރަން ޖެހިއްޖެނަމަ ކުރާނެ: ފުލުހުން

އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި މީހަކު ހައްޔަރުކުރަން ޖެހިއްޖެނަމަ ކުރާނެ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 03:18
0

އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި މީހަކު ހައްޔަރުކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމުގައި ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ، އެއްޖިއްސުން ގުޅުން ހިއްގާ މައްސަލާގައި ދައުރުވަމުންދާ ވިޑިއޯއާއި ގުޅުންހުރި މީހުން ހައްޔަރު ނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ރިޔާޒު ވިދާޅުވީ މީހަކު ހައްޔަރު ކުރުމުގައި ފުލުހުން ހައްޔަރު ކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެކަން ކުރާނެކަމަށެވެ.

ފުލުހުން މީހަކު ހައްޔަރު ކުރުމުގައި ބަލަނީ ޤާނޫނީ ސަބަބުތަކަށް ކަމަށް ރިޔާޒު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަމަލުކުރާނީ މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުޅާދާއިރާއެއްގައި ބްލެމެއިލް ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅުންހުރި މައްސަލަތަކަކަކީ ޤާނޫނުން ބޮޑު އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެއްކަމަށެވެ. ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަތައް އިޖްރާއަތާއި އެއް ގޮތަށް ކުރިއަށްގެންދާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވަނީ އަދިވެސް ގިނަ ބައެއްގެ ވީޑިއޯތައް އަޕްލޯޑްކުރަމުން އަންނަކަން ފާހަގަކުރައްވާ ތަހުގީގަށް ހުރަސް އެޅޭގޮތަށް އެޑްވާސްކޮށް އެ މައުލޫމާތުތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ. ރިޔާޒް ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުންހުރި ބައެއްގެ ބަރަހަނާ ފޮޓޯތަކާއި، އެއް ޖިންސުން ގުޅުންހިންގާ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯގެ މައްސަލާގައި އޭނަގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން އިތުރު ބަޔަކާއެކު ބަރަހަނާކޮށް ތިބޭ ފޮޓޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ. މިނޫނަސް ބައެއް މީހުން އެއްޖިންސުން ގުޅުންހިގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.