ހޫނު ގަދަ ދުވަސް ކޮޅުގައި ފިނި އެއްޗެހި ބުއިމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކުރަމުން އަންނަ ކަމެކެއެވެ.
ރާއްޖެއަކީ ހޫނު ގައުމެއް ކަމުން އަހަރުމެން ފިނި އެއްޗެހިބޯ މިންވަރު ގިނައެވެ. އެގޮތުން ގަދަ ހޫނުން ކަރުތެރެ ފިނިކޮށްލުމަށް އައިސް ކޮފީއެއް ބޮއެލުން ކިހިނެއް ވާނެހެއްޔެވެ.
ކޮފީ އަކީ ރާއްޖޭގައި ގިނަބަޔަކަށް ކަމުދާ އެއްޗެކެވެ. އާންމުކޮށް އެންމެންވެސް ބޯ އެއްޗެކެއެވެ. ތަފާތު ވައްތަރުގެ ކޮފީ ރާއްޖެ އިން ލިބިން ހުރެއެވެ. މިއަދު މި ގެެނެސްދެނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެގެން އުޅޭ ކެރެމަލް އައިސް ލަޓޭ އެއް ތައްޔާރު ކުރާނެ ގޮތެވެ.
އެންމެ ފުރަތަމަ ކެރެމަލް ސޯސް ކޮޅެއް ތައްޓެއްގައި ޑްރިޒްލް ކޮށްލާށެވެ. ކައިރި ފަށުން އެތެރެއަށް ވާގޮތަށް އަޅައިލާށެވެ. ދެން ތަށީގެ ދެބައިކުޅަ އެއްބަޔަށް އައިސް އަޅައި ފުރައިލާށެވެ. އެއަށްފަހު ބައި ތަށި ކިރު އަޅައިލާށެވެ. އެމީހަކަށް ކަމުދާ ކިރެއް އެޅިދާނެއެވެ.
އިތުރު ތައްޓަކަށް ކުޑަ ފިނި ފެންފޮދެއް އެޅުމަށްފަހު ބައި ދެ ސަމްސާ ކޮފީ އަޅައިގެން ކޮފީ ގިރާ އެއްޗަކުން ގިރައިލާށެވެ. އެއަށްފަހު ކިރު އެޅި ތައްޓަށް އަޅައިލާށެވެ. ފޮނި ކޮށްލަން ބޭނުން ނަމަ މާމުއި ކޮޅެއް އަޅައިލާށެވެ. އެއަށް ފަހު ރަނގަލަށް ގިރައިލާށެވެ. ބޭނުން ނަމަ މަށްޗަށް ވިޕިން ކްރީމް ކޮޅެއް އަޅައި ސްޕްރިންކަލް ކޮޅެއް ނުވަތަށް ނަޓްސް ކޮޅެއް ބުރުވައިލާށެވެ.
މީ ސޯޝަލް މީޑީއާގައި ހަރްލީން ކިޔާ މިހާކު ހިއްސާ ކުރި ރެސިޕީއެކެވެ. އެއާއި އެކުގައި މި ކޮފި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައިއެވެ. މީ އަޖުމަ ބަލާލުމަށް މިފަދަ ހޫނު ދުވަހެއްގައި ރަނގަޅު އެއްޗަކަށް ވާނެކަމަށ ްއުންމީދު ކުރަމެއެވެ.