ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯއާއި ގުޅިގެން ފުލުހުން މިމައްސަލަ ތަހުގީގް ކުރަން ފަށައިފިއެވެ.
ފުލުނުން ބުނެފައިވަނީ މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް މެމްބަރު އަނދުން ހުސެއިން ފުލަހަށް ހާޒިރުކޮށް ސުވާލު ކުރިކަމެއް އަދި މިމައްސަލަ ބަލަމުންދާ ގޮތުގެ މާބޮޑު ތަފްސީލެއް ދީފައި ނުވެއެވެ.
މި ފޮޓޯ އާންމުކޮށްފައިވަނީ އެމްވީލީކް 2.0 ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ރޭ 8:30 ގައި މި ފޮޓޯ އާންމުކުރާނެކަމަށް އެ އެކައުންޓުންވަނީ ބުނެފައެވެ. ލީކްކޮށްލާފައި ވަނީ އަނދުން ހުސެއިން އާއި އިތުރު ފިރިހެނަކު ބަރަހަނާ ވެގެން އަންހެނަކާއި އެކު އެނދުގައި އޮށޯއްވެގެން ތިއްބައެވެ.
އެ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ އަގު ވައްޓައިލުމަށް ފައްޔާޒާއި އަނދުން ހުސައިން އަޑީގައި ތިބެގެން ކުރީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އަދި ރޭ 8:30ގައި ހުސައިން ލިވާތުކޮށް ޒިނޭކޮށް ބަނގުރާ ބޯކަމުގެ ފުރިހަމަ ހެކި ހާމަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ "ކުޅުމުން ރީތިނުވާނެ"ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.
އަނދުން ހުސެއިންގެ ބަރަހަނާ ފޮޓޯއެއް ރޭ ލީކް ކޮށްލާފައި ވަނީ އިއްޔެ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ލީކް ކޮށްލާފައި ވަނިކޮށެވެ. ނާޒިމް ސައްތާރުގެ ވީޑިއޯ ލީކް ކޮށްލުމުން ފުލުހުން ވަނީ ގިނަ ބަޔަކު ބްލެކްމެއިލް ކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ތަހްގީގު ކުރަމުން ގެންދާކަން ކަށަވަރު ކޮށްދީފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.
ކޮމެންޓު ފޮނުވާ