ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ފޮޓޯއެއް މީސްމީޑިއާގައި ލީކު ކޮށްލައިފިއެވެ.
މި ފޮޓޯ އާންމުކޮށްފައިވަނީ އެމްވީލީކް 2.0 ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިރޭ 8:30 ގައި މި ފޮޓޯ އާންމުކުރާނެކަމަށް އެ އެކައުންޓުންވަނީ ބުނެފައެވެ. ލީކްކޮށްލާފައި ވަނީ އަނދުން ހުސެއިން އާއި އިތުރު ފިރިހެނަކު ބަރަހަނާ ވެގެން އަންހެނަކާއި އެކު އެނދުގައި އޮށޯއްވެގެން ތިއްބައެވެ.
އެ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ އަގު ވައްޓައިލުމަށް ފައްޔާޒާއި އަނދުން ހުސައިން އަޑީގައި ތިބެގެން ކުރީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އަދި މިރޭ 8:30ގައި ހުސައިން ލިވާތުކޮށް ޒިނޭކޮށް ބަނގުރާ ބޯކަމުގެ ފުރިހަމަ ހެކި ހާމަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ "ކުޅުމުން ރީތިނުވާނެ"ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.
އަނދުން ހުސެއިންގެ ބަރަހަނާ ފޮޓޯއެއް މިރޭ ލީކް ކޮށްލާފައި މިވަނީ މިއަދު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ލީކް ކޮށްލާފައި ވަނިކޮށެވެ. ނާޒިމް ސައްތާރުގެ ވީޑިއޯ ލީކް ކޮށްލުމުން ފުލުހުން ވަނީ ގިނަ ބަޔަކު ބްލެކްމެއިލް ކޮށްގެން އުޅޭ މައްސަލައެއް ފުލުހުން ތަހްގީގު ކުރަމުން ގެންދާކަން ކަށަވަރު ކޮށްދީފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.
ކޮމެންޓު ފޮނުވާ