އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލި އިހުސާން ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް އިސްކޮށް ހުންވައިގެން އުފެއްވި އެމްއެންޕީން ވަކިވެވަޑައިގެންފިއެވެ.
އެމްއެންޕީ އުފެދިގެން އައި ދުވަސްވަރު އެޕާޓީއާއި ގުޅުނު ނަމަވެސް އިހުސާން އެޕާޓީގެ އެއްވެސް ހަރަކާތަކުން މާބޮޑަށް ނުފެނެއެވެ. އިހުސާން ވަނީ އޭނާ އެމްއެންޕީން ވަކިވެފައިވާކަން ބައެއް އޮންލައިން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެމްއެންޕީން ވަކިވެ ސަބަބެއް އިހުސާންވެސް، އަދި އެމްއެންޕީންވެސް ހާމަކޮށްފައި ނުވެއެވެ.
އަލީ އިހުސާން އެމްއެންޑީއެފްގެ ކެޕްޓަންކަމުގެ މަގާމު އަދާ ކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވިފަހުން، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އާއިލީ ވިޔަފާރީގައެވެ. އެގޮތުން އޭނާ މިހާރު އަދާ ކުރައްވަމުން ގެންދަވަނީ، ހެޕީ މާރކެޓްގެ ސީއީއޯކަމުގެ މަގާމެވެ.
އިހުސާން ގެންދަވަނީ އެމްޑީއެފްގެ އިސް މަގާމެއް އަދާކުރެއްވުމަށްފަހު، ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންނެވި ހިސާބުން ސިޔާސީ ގިނަ ކަންކަމުގައި އަދި ގައުމީ މުހިންމު ކަންކަމުގައި އަމިއްލަފުޅު ޚިޔާލު ފުޅާދާއިރާއެއްގައި ފާޅު ކުރައްވަމުންނެވެ.
އަދި ވަކީން ޚާއްސަކޮށް، އޭނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ، ފަހަކަށް އައިސް، އިންޑިއާސަރުކާރާ މިސަރުކާރާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގައި ހިގަމުންދާ އިންޑިއާ ސަރުކާރާ ގުޅުންހުރި ގިނަ ކަންކަމުގައި ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ