ވަޒީރުކަން ލިބިވަޑައިގަތީ ވަކިމީހެއްގެ އަންބަކަށް ވީތީއެއް ނޫން: ނަހުލާ

ވަޒީރުކަން ލިބިވަޑައިގަތީ ވަކިމީހެއްގެ އަންބަކަށް ވީތީއެއް ނޫން: ނަހުލާ

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2020 09:28
0

މިސަރުކާރުގެ ކެބިނެޓްގެ ވަޒީރުކަން ލިބިވަޑައިގަތީ ޤާސިމް ގެ އަނބިކަނބަލުންނަށް ވާތީނޫންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވުމުންތޯ ސުވާލު ދަންނަވާފައެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވަނީ ބޭނުންފުޅުވަނީ ވަރަށްކުރު ޖަވާބެއް ދެއްވުމަށްކަމަށް ވިދާޅުވެ ވަކި މީހެއްގެ އަންބަކަށް ވީތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓަށް އައްޔަންކުރައްވާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ތިސުވާލަށް ދެއްވަންއޮތީ ވަރަށް ކުރުޖަވާބެއް. އަޅުގަނޑެއް ޤަބޫލުނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކެބިނެޓަށް ވަޒީރަކަށް އައްޔަން ކުރައްވާނެކަމަށް ވަކި މީހެއްގެ އަންބަކަށް ވެގެންނެއް.

-ޓްނާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ސިޔާސީ މައިދާނުން ފެނިވަޑައިގަތީ 2018 އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިންނެވެ. އެމްޑީޕީއާއެކު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން ޖޭޕީގެ ކެމްޕެއިންނަށް އެކަމަނާ ރަށްރަށަށް ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓިގެ ކޮންގްރެސްގައި އެޕާޓިގެ ކައުންސިލަށް ކުރިމަތިލައްވާ އިންތިޚާބުވެވަޑައިގަތެވެ.

އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެއްވިއިރު، ރަނިންމޭޓެއް ނެރެން ޖޭޕީއަށް ލިބުނު ފުރުޞަތުގައި މިނިސްޓަރ ނަހުލާ އަށް ރަނިންމޭޓްކަން ދެއްވުމަށް އުޅުއްވާކަމުގެ އަޑުތަކެއްވެސް އޭރު ފެތުރުނެވެ.

ގާސިމްގެ އަނބިކަބަނލުންގެތެރެއިން މިނިސްޓަރ ނަހުލާ ފިޔަވައި އެހެން ބޭކަނބަލަކު ސިޔާސީ މަގާމަކަށް މިހާތަނަށް ވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.