Ad
ޚިޔާނާތްތެރީންގެ އިއުތިރާފާއިއެކު މިދަނީ ކުށްތައް ސާބިތުވަމުން – ހޯމް މިނިސްޓަރ

ޚިޔާނާތްތެރީންގެ އިއުތިރާފާއިއެކު މިދަނީ ކުށްތައް ސާބިތުވަމުން – ހޯމް މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2020 09:01
0

ރައްޔިތުންގެ ބައިތުލްމާލަށް ޚިޔާނާތްތެރިވެ ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުންކުރަމުންދިޔަ މީހުންގެ އިއުތިރަފާއިއެކު އެކަންކަން ޝަރީއަތަށް ސާބިތުވެ އިންސާފުވެރިކަމާއިއެކު އަދަބު ކަނޑައެޅެމުންދާ ކަމުގަ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެޖެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާއި ގުޅިން މިނިސްޓރ އިމްރާން ވިދަޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި ނުކުމެ އަޑު އުފުލީވެސް ނުހައްގު މުއްސަދިކަމާއި، ރައްޔިތުންގެ ފައިސާ ނުހައްގު ގޮތުގައި ބޭނުން ކުރަމުންދާތީ އެވާތައް ކަމަށެވެ.

މިއަދު އެކަމުގައި އަމަލީގޮތުން ޝާމިލުވީ މީހުން އެމީހުންގެ އަމިއްލަ އިއުތުރާފުން އެކަން ހިނގިގޮތް ހާމަކޮށް ރައްޔިތުންނާއި ޤައުމުގެ ކިބައިން މަޢާފަށް އެދެމުންދާކަކީ އިންސާފު ޤާއިމްކުރެވޭ ކަމުގެ ހެއްކެއް ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވި އެވ.

"މޭޑޭ 2015 ގައި އެތައް ބައިވަރު ރައްޔިތުންނާއިއެކު މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަވާހަކަ. މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއިއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މޭޑޭގައިވެސް މަސައްކަތް ކުރީ އިންސާފު ގާއިމް ކުރެއްވުމަށް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ހާލަތު ބަދަލުވެ ވެރިކަން ބަދަލުވެ އޭރުގެ އިދިކޮޅުގައި އަޑު އުފުލައި ވާހަކަ ދައްކަމުންދިޔަ ފަރާތްތަކުން ވެރިކަމާއި ހަވާލުވެ ކުރަމުންދާ ވެރިކަމުގައި މިކަންކަން ބަލައި އެއްވެސް މީހަކަށް އަނިޔާވެރި ނުވެ އިންސާނު ގާއިމް ކުރަމުންދާކަމީ ފެންނަމުންދާ މަންޒަރުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތައް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައި ދޭނަން" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުންނެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އަދީބު ވަނީ 7 ދައުވާއަށް އިއުރިތާފްވެ ޚިޔާނާތުގެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގައި އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއްކަމަށް އަދީބު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދީބު ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ހުރިހާ މުޢާމަލާތެއް ހިންގާފައި ވަނީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކަމަށާއި، އެއީ މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއް ކަމަށެވެ. އަދި މިކަމުގައި ވަރަށް ގިނަ ބަޔަކު ޝާމިލް ވާކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.