ޔޫކުރެއިން ހަނގުރާމަ އެތައް އަހަރަކަށް ދިގު ދެމިގެން ހިގައިދާނެ: ނޭޓޯގެ ސެކެޓްރީ ޖެނެރަލް

ޔޫކުރެއިން ހަނގުރާމަ އެތައް އަހަރަކަށް ދިގު ދެމިގެން ހިގައިދާނެ: ނޭޓޯގެ ސެކެޓްރީ ޖެނެރަލް

Author
ހުސެއިން
19 ޖޫން 2022 06:42
0

މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމަ އެތައް އަހަރަކަށް ދިގުދެމިގެން ހިނގައިިދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ޔޫކުރެއިންއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހުޅަނގުގެ ގައުމުތަކުން ތައްޔާރަށް ތިބެން ޖެހޭނެކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅު ވެއްޖެއެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެމްބާރގް ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަގުރާމައަކީ ވަރަށް ގެއްލުން ބޮޑު ހަނގުރާމައެއް ކަމަށާއި އެހެންނަމަވެސް މި ހަނގުރާމަ ރަޝިއާއަށް ކާމިޔާބު ވުމަކީ އެއަށްވުރެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމެއް ކަމުގައެވެ.

ޔޫކުރެއިން ހަނގުރާމައާއި ގުޅޭގޮތުން ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވާހަކަ ދައްކަވާފައި މިވަނީ، މިހަގުރާމަ ދިގުލައިގެން ހިގައިދާނެކަމަށް އެކަމަށް ތައްޔާތުވެ ތިބެން ޖެހޭނަކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވިދާޅުވެފައި ވަނިކޮށެވެ.

ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެމްބާރގް އަދި ބޮޑުވަޒީރު ޖޯންސަންވެސް ވިދާޅުވެފައިވާ ގޮތުގައި، ޔޫކުރެއިނަށް ގިނައިން ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދިން ވަރަކަށް މި ހަނގުރާމަ އެގައުމަށް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

"މިހަގުރާމައަށް އަހަރުތަކެއް ނަގާފާނެކަމަށް އަހަރެމެން ތައްޔާރަށް ތިބެން އެބަޖެހޭ. ޔޫކުރެއިންއަށް އެހީތެރިކަން ފޯރުކޮށްދިނުން އަހަރެމެން ހުއްޓާލާއިގެން ނުވާނެ،" ޖާރމަނީގެ ނޫހެއްކަމުގައިވާ ބިލްޑްއަށް ދެއްވި އިންޓަރވިއުއެއްގައި ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެމްބާރގް ވިދާޅުވެފައި ވެއެވެ.

"ހަނގުރާމައިގެ އަގު ކިތަންމެ މަތިވެގެން ދިޔަނަމަވެސް، އެއީ އަސްކަރީ ގޮތުން އެކަންޏެއް ނޫން، ހަކަތައާއި ކާބޯތަކެތީގެ އަގުތައް މަތިވެގެން ދިޔަނަމަވެސް."

ހުޅަނގުގެ ގައުމުތައްވެސް ހިމެނޭ، އެގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖަމިއްޔާ، ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި، ޔޫކުރެއިންއަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިން ވަރަކަށް، މިހާރު ރަޝިއާއިން ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ ޔޫކުރެއިންގެ އިރުމަތީ ޑޮމްބަސް ސަރަަހައްދު އަލުން މިނިވަންކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެއެވެ.

ފާއިތިވެދިޔަ ހަފްތާތަކުގައި ރަޝިއާއާއި ޔޫކުރެއިން އިންވަނީ ޔޫކުރެއިންގެ އިރުމަތީގެ ސަރަހައްދުތައް ކޮންޓްރޯލް ކުުރުމަށް ވަރުގަދަޔަށް ހަގުރާމަ ކޮށްފައެވެ. އަދި މިހަގުރާމައިގައި ރަޝިއާށް ކުރިއެރުން ލިބިފައިވަނީ ވަރަށް ކުޑަކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.