ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާއެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97 ( އަށްމިލިޔަން އައްލައްކަ އެގާރަ ހާސް ތިރީސް ނުވަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށެވެ.
ތ.ދިޔަމިގިލީ މިސްކިތް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި.
ދިޔަމިގިލީ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ. pic.twitter.com/Okt68BRmoL— Ministry of Islamic Affairs (@MVIaffairs) June 19, 2022
އަންހެނުންނަށްވެސް ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 28 ޑިސެންބަރު 2021 ގައެވެ. 365 ދުވަހުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމަންޖެހޭ ތާރީޚަކީ 21 ޖެނުވަރީ 2023 އެވެ.