މިސްކިތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅެނީ

މިސްކިތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅެނީ

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2022 04:17
0

އަތޮޅު ތެރޭގެ ރަށެއްގެ މިސްކިތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވީޑިއޯއާއިއެކު އެމިސްކިތުގައި އެމީހުން ދިރިއުޅޭތަން އާންމު ކުރުމުންނެވެ. މިކަން ހިނގާފައިވަނީ ކޮން ރަށެއްގައިކަން ސާފު ނުވިނަމަވެސް، އެމިސްކުތުގައި މީހުން ނިދަން ކުނާ އަޅައި، ހަދާފައިވާތަންވެސް ފެނެއެވެ. އަދި ބައެއް މީހުން ވީޑިއޯ ކުރަމުންދިޔަ ގަޑީގައިވެސް މިސްކިތުގެ ތެރޭގައި އެއްޗިހި ބަދަލު ކުރުމާއި، އޮށޯވެ ތިބިތަންވެސް ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ނިދާފައި ތިބޭއިރު، މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ހުއްޓެވެ. އަދި ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެއެވެ.

އެ ވީޑިއޯގައި ވާހަކަ ދެއްކި ދިވެހި މީހާ ބުނިގޮތުގައި 200 ވަރަކަށް އިންޑިއާގެ ބިދޭސީން އެ ތަނުގައިތިއްބެވެ. އެއީ އެ ރަށުގައި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތަށް ގެނެސްފައި ތިބި ބައެއް ކަމަށް އެ މީހާ ބުނެފައިވެއެވެ.

މިކަމައި ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް އަދި ދައުލަތުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުންވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބޫބަކުރުމޫޝާ
މިކަމަކީކުރީސަރުކާރުކަމެށްނޫތަަ
ނ ނިޑް
މިނޝެއަރކޮއްގެން އުޅޭ މުހައްމަދުއަލީނގަމާރަަސް ނޭނގޭތަ މިސްކިތުވަކަރު އެހެން ކަންކަމަށް ބޭނުންކުރުމަޖީ އާދަކާދަޔާ ޚިލާފް ނަމަވެސް މޯދީ ސްޓައިލްކަމެއްކަން.ބައިބޯ ބްރާންޗެއް ސަހާދެއް
ބ ބޭބެ
ކަނޑައެޅިގެން ބޮޑުފިތުނައެއް! ހުސްދޮގު ތިޔައީ 3އަހަރުކުރިން އވާލާފަހުރި ދަނރަބޫދޫކުރީގެ މިސްކިތް