ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަކީ ދީނީ ކަންކަމުގައި ބަސްބުނެ، ގިނަ އިލްމުވެރިންތަކަކާއިއެކު އުފެދުނު ސިޔާސީ ޕާޓީއަކަށް ވީނަމަވެސް، މިފަހުން އެޕާޓީއަށް އިސްލާމްދީނާއި، މާތް ރަސޫލާއަށް އިހާނެތިކޮށް ހިންގަމުންދާ އަމަލުތަކާއި ދެކޮޅަށް ނިކުތުމުގެ ހިތްވަރެއް ނެތްކަން ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަން "ނަބިއްޔާގެ ދިފާއުގައި" ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދާލަތު ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އަދި އެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސްމަޤާމުތައް ފުރުއްވަމުންދަ ބޭފުޅުންނެވެ. ޕާޓީގެ ލީޑަރަކީ ހޯމް މިނިސްޓަރ އިމްރާނެވެ.
ރައީސް ޔާމީން ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްޚަ މައުލޫމާތު ދިނުމާއި، ދީނީ ކަންކަމުގައި ނިކުންނަ ޕާޓީއެއްގެ ގޮތުގައި އަދަލަތު ޕާޓީ މީގެ ކުރިން ފާހަގަވިނަމަވެސް މިހާރު އެކެން ބަދަލުވެއްޖެ ކަމަށެވެ. މާތް ރަސޫލާއަށް ފުރައްސާރަކޮށް، މުސްލިމުންނަށް އިހާނަތިކޮށް އެތައް ކަމެއް އިންޑިއާއި، ހުޅަނގުގެ ބައެއް ޤައުމުތަކުން ކުރަމުންދާއިރުވެސް ހަމަހިމޭންވެ ތިބުން ނޫންގޮތެއް މިއަދު އަދާލަތަށް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިސަސަބަށްޓަކައި، އަދާލަތު ޕާޓީގައި ހިމެނޭ ދީނީ އެތައް އިލްމުވެރިއަކު އެޕާޓީއާއި ފެޔަށްޖެހި، އަދާލަތު ޕާޓީގެ އަސާސްތައް ކަމުނުދާކަމަށް ބުނަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދީނުގެ އެކިއެކި ކަންކަމަށް ރައްޔިތުންގެ ހިތް ޖައްސައިގެން ހެވާއި ރަނގަޅު ވަކިވާނެ ކަމަށް ދައްކަވައިގެން އަދާލަތު ޕާޓީ އުފެއްދި ނަމަވެސް އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދި މަޤުޞަދާއި އެއްގޮތައް ނޫން ކަމަށެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމުން އެމީހުން މިބުނަނީ ރަސޫލާއަށް ފުރައްސާރަ ކޮށްފިހެއްޔޭ؟ ނަބިއްޔާ އަށް ފުރައްސާރަކޮށްފިއްޔާ ޕީޕީއެމްއަށް ވުރެ ކުރިން ނިކުންނާނީ ތިމަންނަމެއްނޭ؟ މިއީ އެބޭފުޅުންގެ ވާހަަކަތައް ހުންނަ ގޮތް. އަދާލަތުގެ އުފެއްދި މަޤުޞަދާއި ބަހާއި އަމަލާއި ދިމާނުވުމުން ބައެއް އިލްމުވެރިންނަށް ފަސޭހައެއް ނުވި އަދާލަތު ޕާޓީގައި ތިއްބަވާކަށް.
– ޔާމީން ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަބް ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަަކަށްވެސް މުސްލިމުންނާއި، މާތް ރަސޫލާގެ ހިމާޔަތުގައި ނިކުންނަން ނުކެރުނުކަމަށެވެ. މިކަންކަން ހިނގާގޮތެއް ޤާސިމަށްވެސް ނޭގުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މަޒާޖީ ގޮތުން ޤާސިމް ހުންނަވަނީ ރިސޯޓްގައި ކަމަށްވުމުން ކަންކަން ހިނގާގޮތެއް ނޭގުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ