ގިނައިން ބޭވަފާތެރިވަނީ އަންހެނުން: ދިރާސާ

ގިނައިން ބޭވަފާތެރިވަނީ އަންހެނުން: ދިރާސާ

ދިރިއުޅުމެއް ބާއްޖަވެރި ކުރުމުގައި އެންމެ މުހިންމު އެއް އަސާސަކީ އިތުބާރެވެ. ދެމަފިރިންގެ ދެމެދުގައި އިތުބާރު ނެތްނަމަ ޒަވާޖީ ހަޔާތެއް ކާމިޔާބު ބާއްޖަވެރި ހަޔާތަކަށް ހެދުން ދަތިވާނެއެވެ. މި ގުޅުމުގައި އިތުބާރު ގެއްލިއްޖެ ނަމަ އެގުޅުމެއް މާ ގިނަ ދުވަހަކު ދެމިއެއް ނޯވެއެވެ.

ދެމަފިރިންގެ މެދުގައި އިތުބާރު ގެއްލިއްޖެނަމަ އެންމެ ފަހުން ނަތީޖާއަކަށް ވަނީ، ކައިވެނީގެ ގޮށް މޮހާލުމެވެ. ރާއްޖެފަދަ ވަރި ގިނަ ގައުމެއްގައި ވަރީގެ މައިގަނޑު ސަބަބަކަށް ވަނީ ވެސް އެކަކުއަނެކަކަށް ބޭވަފާތެރިވުމާއި އިތުބާރު ގެއްލުމެވެ. ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 40 އިން ސައްތަ ވަރި ގުޅިފައިވަނީ މިކަންކަމާއެވެ.

ދެމަފިރިންގެ ދިރިއުުމުގައި މިގޮތައް ދިމާވާ މައްސަލަތަކުގެ މުގުލަކީ ކޮބައިކަން ގިނަފަހަރަށް އޮންނަނީ ނޭނގިއެވެ. އަދި ޖެހުނު މައްސަލަތަކުގެ ހަޤީޤަތް ބަލަން އަނބިމީހާއާއި ސުވާލުކޮށްލައިފި ނަމަ އޭނާ ކުއްވެރިކުރާނީ ފިރިމީހާއެވެ. އަދި ފިރިމީހާ ކުއްވެރިކުރާނީ އަނބިމީހާއެވެ. ދުރުގައި ބަލަން ތިބޭމީހުން ގިނަފަރަށް ކުއްވެރިކުރާނީ ފިރިހެން މީހާއެވެ.

ކަންމިހެން އޮތް ނަމަވަވެސް އެމެރިކަން އެސޯސިއޭޝަން އޮފް މެރިޖް އެންޑް ފެމިލީ ތެރަޕީއިން ކޮށްފައިވާ ދިރާސާގެ ނަތީޖާ ދިމާ އިދިކޮޅެވެ. މި ދިރާސާއިން ބުނާގޮތުން ދިރިއުޅުމުގައި މިފަދަ މައްސަލަތައް އެންމެ ގިނަފަހަރު ކުރިމަތިވަނީ އަންހެނުންގެ ސަބަބުންނެވެ.

ކައިވެނި ރޫޅިފައިވާ 2500 އަށްވުރެ ގިނަ ފިރިހެނުންނާއި އަންހެނުން ބޭނުން ކޮށްގެން ހެދި މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ގިނަ ކައިވެނިތައް ރޫޅިފައި ވަނީ އަންހެނުންގެ ސަބަބުންނެވެ. އަންހެނުން ފިރިންނަށް ބޭވަފާތެރިވުމުގެ ސަބަބުންނެވެ. މިފަދަ އަންހެނުންނަކީ ކައިވެނިން ބޭރުން ހިލޭ ފިރިހެނުންނާއި ގުޅުންބާއްވާ އަންހެނުން ކަމަށް ވެސް މި ހޯދުމުން ފާހަގަކޮށްފައިވެއެވެ. އަދި މި ހޯދުމުން އެނގުނު ގޮތުގައި އެންމެ ގިނައިން ފިރިމީހާއަށް ބޭވަފާތެރި ވެފައިވަނީ އުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެން އަންހެނުންނެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވާގޮތުގައި މިފަދަ މައްސަލަތައް ދިރިއުޅުމުގައި ދިމާވަނީ ދެމަފިރިން ދުރުގައި އުޅުމުން ނުވަތަ އުޅެން ޖެހުމުންކަމަށެވެ. އެންމެ ގިނައިން ކައިވެނީގެ ބޭރުން ނާޖާއިޒް ގުޅުންތައް އުފެދެން ދިމާވާ ސަބަބަނީވެސް މިއީ ކަމަށް ދިރާސާގެ ނަތީޖާ ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *