މަގުމަތިން ނަގައިގެން ފުލުހުންނާ ހަވާލުކުރި ދެ މުސަޅުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ބާ ޖަމާލުއްދީން ކައިރިން ފެނިގެން އާންމުންގެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އަދި އެ ދެ މުސަޅުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ މުސަޅުތަކާ ހަވާޅުވާން ވަނީ އެދިފައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 9631696 ގުޅުއްވުމަށް ދަންނަވަން pic.twitter.com/P51JiXjMQ4
— Maldives Police (@PoliceMv) June 13, 2022
ފުލުހުންގެ ޓްވީޓާގައި އެ ދެ މުސަޅުގެ ފޮޓޯ ވެސް ވަނީ އާންމު ކޮށްފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދަން 963196 އަށް ގުޅުމަށް ފުލުހުން އެދެއެވެ.
ކޮމެންޓު ފޮނުވާ