ކޯވިޑް-19: އަދަދު އުފުލި އިތުރު 42 މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: އަދަދު އުފުލި އިތުރު 42 މީހަކު ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 10:00
0

ރާއްޖެއިން އިތުރު 27 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 32 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 10 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.

ރާއްޖެއިން ފާއިތުވެދިޔަ 5 ވަރަކަށް ދުވަހުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 30 އަށް ވުރެއް ދަށުގައެވެ. ނަމަވެސް މިވަނީ އަނެއްކާވެސް އަދަދު އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 42 މީހުންގެ ތެރެއިން 28 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 14 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،154 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،262 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 42 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 34 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ހޮސްޕިޓަލުގައި މިވަގުތު 49 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 843 އެވެ. އައިސޮލޭޝަންގައި 246 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.