އުޒްބެކިސްތާން އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ގެއްލިއްޖެ

އުޒްބެކިސްތާން އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ގެއްލިއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާން އަތުން 0-4 ގެ ނަތީޖާއަކުން ބަލިވެ، ރާއްޖެއަށް ކޮލިފައިވުމަށް އޮތް ފުރުސަތު ގެއްލިއްޖެއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ގައި، މި ގުރޫޕްގެ ކޮލިފައިން ކުރިއަށްދާ އުޒްބެކިސްތާނުން، ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހުމުން، މިހާރު ގުރޫޕްގެ ފުލުގައި އޮތީ ރާއްޖެ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ތައިލެންޑް އަތުން ލަންކާ ބަލިވީ 2-0 ންނެވެ.

އުޒްބެކިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ މިނެޓުގައި އެލްޑޯ ޝޮމުރޮޑޮވްގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް އުޒްބެކިސްތާނުން މޮޅަށް ކުޅެމުންދިޔަ ނަމަވެސް، ރާއްޖެއިން ދިޔައީ އެޓީމު ހިފެހެއްޓުމަށް ރަނގަޅު ޑިފެންސެއް ކުރަމުންނެވެ. މިގޮތުން ފުރަތަމަ ހާފް ނިމިފައި ވަނީ އެންމެ ލަނޑެއްގެ ލީޑާއެކު ރާއްޖޭގެ މައްޗަށް އުޒްބެކިސްތާން ކުރީގައި އޮވެގެންނެވެ.

އެ ލަނޑަށް ފަހު ފުރަތަމަ ހާފު ނިމެންދެން، އުޒްބެކިސްތާނުން އިތުރު ލަނޑެއް ޖެހިޔަ ނުދީ ރާއްޖެއިން ހިފަހައްޓާލިއެވެ. ދެވަނަ ހާފަށް ނުކުމެ، އެ ހާފުގެ ހަވަނަ މިނެޓްގައި ޝޯމޯރްޑާވް ވަނީ ރާއްޖެ އަށް ލަނޑު ޖަހައިދީފައެވެ. ޝޯމޯރްޑާވް ހެޓްރިކް ހެދީ މެޗުގެ 80 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު 86 ވަނަ މިނެޓްގައި ޖެހީ އޮސްޓަން ޔުރްނޯވްއެވެ.

ރާއްޖެ އަށް ދެން އޮތީ ލަންކާގެ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:30 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *