މިސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ސަރުކާރެއް: ނަހުލާ

މިސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ސަރުކާރެއް: ނަހުލާ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 11:21
0

މިސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ސަރުކާރެއް ކަމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ހައި ސްޕީޑް ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް" އާރް.ޓީ.އެލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ނިޒާމެއްގެ ހަޤީޤީ ސިފަ ޖެހިގެންދާނީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަވުމުންކަމަށެވެ. އަދި ޤައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް، އެ ޤައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވަންޏާ އެ ޤައުމެއް ކުރިއަކަށްނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގައި އެއްގަމުމަގުންނާއި، ކަނޑުމަގުންނާއި އަދި ވައިގެމަގުން ދަތުރުފަތުރުކުރާއިރު، މިއިން ކޮންމެކަމެއް އެއްކަމެއް އަނެއްކަމަކާއި ގުޅިލާމެހިފައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި އާރް.ޓީ.އެލްގެ ޚިދުމަތާއެކު ދިވެހިން އެދޭފަދަ ތަރައްޤީއެއް ގެނުވާނެކަމަށެވެ.

އާރް.ޓީ.އެލްގެ ބޭނުމަކީ ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން. މިގޮތަށް ގުޅާލެވޭއިރު އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ސަލާމަތާ ރައްކާތެރިކަމާއި ފަސޭހަކަމާއެކު އެމީހެއްގެ ރަށަށް ވާސިލްވެވޭނެ އަވަސް ނިޒާމެއްއޮތުން. މިއަދު މި އިފްތިތާޙްކުރެވިގެންދާ މި ނިޒާމަކީ މިކަމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު. އުފަލަކާއެކު ފާހަގަކުރަން ބޭނުންވަނީ މިއަދުގެ ސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން މި މަސައްކަތް ވަރަށްގާތުން ބަލަމުން ގެންދާ ސަރުކާރެއްކަން.

– މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމަށްޓަކާ ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން ދޭން ފެށި ޚިދުމަތަކެވެ. މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢު ސަރުކާރުން ހިންގަނީ 3 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ތެރެއިން ހދ. އަތޮޅުގައި ފެރީ ޚިދުމަތް މިހާރު ވަނީ ދޭން ފަށާފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތަށް ޚާއްސަކޮށްފައިވާ މޯބައިލް އެޕްވެސް ރަސްމީކޮށް ވަނީ އިފްތިތާޙްކޮށްފައެވެ. "އާރް.ޓީ.އެލް ޓްރެވަލް އެޕް" މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯންޑް ކޮށްލެވޭނެކަމަށް މި ޚިދުމަތް ފޯރުކޮށްދޭ އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓަކި މޫނާ
ވައިޖަހާފަ ބަހައްޓާ. މަޤާމު ނުގެއްލޭނީ އޭރުން.