ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ

ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 08:43
0

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް އިސްމާއިލް ވިޝާމް އަދި ނައިބު ރައީސަކަށް މިޒްނާ އަހްމަދު އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލްގައި މިވަގުތު އޮތް އެގްޒެކެޓިވް ކޮމިޓީގެ ދައުރު އަންނަ ޖުލައި 13 އަށް ހަމަވާނެއެވެ. ބާ ކައުންސިލް އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ. އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 765 އާންމު މެންބަރުންނެވެ.

އެގޮތުން އެ ކައުންސިލްގެ ރައީސް ކަމަށް ވިޝާމް އިންތިހާބުވެފައި ވަނީ، 270 ވޯޓު ލިބިގެންނެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމަށް މިޒްނާ އަޙްމަދު އިންތިހާބުވެފައި ވަނީ 281 ވޯޓު ލިބިގެންނެވެ. އެ މަގާމަށް ކުރިމަތިލާފައި ވަނީ ހަމައެކަނި މިޒްނާއެވެ.

ބާ ކައުންސިލްގެ ގާނޫނުގައި އޮންނަ ގޮތުން ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ވާދަކުރެވެނީ 10 އަހަރު ގާނޫނީ ވަކީލުކަން ކޮށްފައިވާ މީހުންނަށެވެ.

މިއަދު ވަނީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް ވެސް ތިން ވަކީލުން އިންތިހާބުކޮށްފަ އެވެ. އެގޮތުން، އެންމެ ގިނަ ވޯޓު ހޯދައިގެން އިންތިހާބުވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އާއި އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރުއެވެ. ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.