ހުޅުމާލޭގައި ހުރި ކުނި އަޅާ ޑަސްބިންތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯތައް ހަރުކޮށްފައިވާ މައްސަލަ ދުނިޔޭގެ އެކި ފަރާތްތަކުން ސަމާލުކަމަށް އައިސްފިއެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ، ސަލާމާއި ސަލަވާތްލެއްވި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގައިވެސް މިކަމާއި ދެކޮޅަށް އެކި ހަރާތްތައް ދަނީ ހިންގަމުންނެވެ. ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކުގައި އިންޑިއާއާއި ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގާއިރު، ކުނި ޑަސްބިންތަކުގައި މޯޑީގެ ފޮޓޯ ޖެހުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ.
ރާއްޖޭގައިވެސް ކުނި ޑަސްބިންތަކުގައި މޯޑީގެ ފޮޓޯ ޖަހާފައިވެއެވެ. އެގޮތުން ހުޅުމާލޭ ބީޗު ސަރަހައްދާއި ބައެއް ޕާކުތަކުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޑަސްބިން ތަކުގައިވެސް ވަނީ މޯދީގެ ފޮޓޯ ތަތްކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ މޯދީގެ މޫނުމަތީގައި ބޫޓު ކިބައެއްގެ ތަތްގަނޑު ޖަހާފައިވާތަނެވެ. މިކަން މިހާރު ދުނިޔޭގެ ބައެއް ބޮޑެތި ފަރާތްތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
Muslims in the Maldives
put pictures of Indian Prime Minister Modi, on trash cans and bins, after a BJP member insulted the Prophet ﷺ pic.twitter.com/0CYws9Po7A
— • (@Alhamdhulillaah) June 9, 2022
އިންޑިއާ އިން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދިވެހި ސަރުކާރުން ބަޔާނެއް ނެރުނީ، އިންޑިއާގެ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިނުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދިވެހި ސަރުކާރުން ބަޔާން ނެރުނީ އެކަން ހިނގިތާ ދިހަ ދުވަސް ފަހުން މިމަހުގެ 06 ވަނަ ދުވަހު އެވެ. އޭރު ދުނިޔޭގެ މީޑިއާތަކުގައި އެވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭރު އަރަބި އެތައް ގައުމެއްގައި އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަމުން އަންނަތާ ވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
Dear All Indians.
Stop to go Maldives, lets plan r trip to non-muslim countries. Let slap on their face. If they trying to show their class now time to show them our shoes. #BoycottMaldives #BoycottMaldivesTour #BJP #NarendraModi #YogiAdityanath #AmitShah #Indian #IndianTourist https://t.co/48BX0hrGQK— mohi (@mohanhr731) June 8, 2022
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ އޮފިޝަލަކު ދެއްކި ވާހަކަތައް ކުށްވެރިކުރައްވައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި، މާތް ރަސޫލާގެ ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ އެއްވެސް ޢަމަލެއް ދިވެހި ސަރުކާރުން ބަލައިނުގްނަނާނެކަމަށެވެ. އަދި އެފަދަ ކޮންމެ ޢަމަލެއްވެސް އެންމެ ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.
ބީޖޭޕީގެ މިޢަމަލުގައި ޝާމިލުވި އޮފިޝަލަށް އެޕާޓީން ފިޔަވަޅު އަޅާފައިވާތީ ދިވެހި ސަރުކާރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ މީގެ ކުރިންވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި މާތް ރަސޫލާއާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ އަމަލުތައް ކުށްވެރިކުރައްވާފައެވެ.