ގޭތެރޭގައި ގަސް ހައްދާ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗުއްޓީއަށް ގޮސް އަންނަ އިރު ގަހުގެ ހާލުއޮންނާނެ ގޮތެއްވެސް ނޭނގުމެވެ.
މިކަމުގެ ސަބަބުން ގިނަ ދުވަސްތަކަކު ގަސްތަކާ ދުރުގައި، ގަހަށް ލޯބިކުރާ މީހުންނެއް ނޫޅެއެވެ. ގަހައް އެއްވެސް ކަމެއް ވާކަށް އެމީހުން ނޭދެއެވެ. އަދި ހަމަ އެހެންމެ ގަސް މަރުވުމަކީ މިމީހުން އެންމެ ހިތާމަ ކުރާކަންވެސް މެއެވެ.
މި ލިއުމުގައި ބަލާއިލާނީ ގަސްތަކާ ދުރުގައި ގިނަ ދުވަހު ހުންނަން ޖެހުމުން ގަސް މަރުވުމުން ސަލާމަތް ވާނެ ގޮތްތަކަކަށެވެ.
ބައެއް ގަސް ތަކަކީ އޭގެ ޒާތުގައި ގިނަ ދުވަހު ފެންނުދީ ހުއްޓަސް ހެދޭ ގަސްތަކެވެ. މީގެ ތެރޭގައި ތަފާތު ވައްތަރުގެ ކެޓްޓަސް ހިމެނެއެވެ. އެހެން ކަމުން ކެކްޓަސް ގެންގުޅޭ ބޭފުޅުން ޗުއްޓީއަށް ދިއުމުގެ ކުރިން ރަނގަޅަށް ގަސްތަކަށް ފެން ދޭށެވެ.
"ޑީއައިވައި ޑްރިޕް ސިސްޓަމް" މިއީ އަމިއްލައަށް ގޭގައި ތައްޔާރު ކުރެވިދާނެ ސިސްޓަމެކެވެ. މި ކަން ކުރުމަށް ބޭނުންވަނީ ކުޑަ ފުޅިއެކެވެ. ފުޅީގެ މަތިގަނޑުގައި ކުޑަކުޑަ ވިދެއް އެޅުމަށްފަހު ފުޅީގެ މަތިގަނޑާވީކޮޅު ގަސް ކައިރީގައި ވަޅުލާށެވެ. އެހެން ހެދުމުން މަޑުމަޑުން ގަސްތަކަށް ފެންލިބެމުން ދާނެއެވެ.
ގަސްމުށިގަނޑު ފެން ހުރި އެއްޗެއްގެ ތެރޭގައި ބައިންދާށެވެ. މިއީ ކޮންމެ ދުވަހުގެ ފެންދޭންޖެހޭ ގަސްތަކަށް ހެދުމަށް ރަނގަޅު ގޮތެކެވެ. އޭރަށް ގަހަށް ފެން ލިބެމުން ދާނެއެވެ.
ޗުއްޓީއަށް ދާނަމަ ސީދާ އަވި ލިބޭ ތަނެއްގައި ނުވަތަ ޑައިރެކްޓް ސަންލައިޓް ލިބޭ ތަނެއްގައި ގަސް ބެހެއްޓުން ރަނގަޅެއް ނޫނެވެ. އެެހެން ކަމުން ސީދާ އަވި ދޭތަނަކަށް ވުރެ ތުނި އެއްޗަކުން ނިނާވާ ތަނެއްގައި ގަސްބެހެއްޓުން ބުއްދި ވެރިއެވެ.
ދެން އޮތް ގޮތަކީ ރައްޓެއެސެއް ގާތުގައި ގަހަށް ފެންދިނުމަށް އެދުމެވެ. އޭރަށް ޗުއްޓީގައި ތިބާ ހުންނަ އިރު ގަހަށް ފެން ނުދެވިގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި އެކަމުގެ ސަބަބުން ޗުޓީ ހަރާބުވެސް ނުވާނެވެ.
ނަމަވެސް އެފަދަ އިތުބާރު ހިފޭ މީހެއް ނެތްނަމަ ދެންހުރި ކަންކަން އަޖުމަ ބަލާލުން ބުއްދިވެރިއެވެ. ގަސްތަކާ ހުރެ ޗުއްޓީ ހަރާބުވިޔަ ނުދޭށެވެ.