ކޯވިޑް-19: ހުޅުމާލޭ ފެސިލީޓީގައި ފަރުވާދެމުންދިޔަ ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19: ހުޅުމާލޭ ފެސިލީޓީގައި ފަރުވާދެމުންދިޔަ ދިވެއްސެއް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 04:39
0

ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުދޭމުން އައި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޯވިޑް-19 މިބަލީގައި ރާއްޖެއިން ނިޔާވި 42 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 42 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއަދު ކޯވިޑް-19ގައި މީހަކު ނިޔާވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޢުމުރުން 58 އަހަރުގެ ދިވެއްސެއް ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 12،112 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 820 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 11،244 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.