ސަރުކާރާ މަޖިލީހުގައި ހުރި "ކުނި" ރައްޔިތުން ނިކުމެ ސާފުކުރަންވެއްޖެ: އާދަމް ޝަރީފް

ސަރުކާރާ މަޖިލީހުގައި ހުރި "ކުނި" ރައްޔިތުން ނިކުމެ ސާފުކުރަންވެއްޖެ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
06 ޖޫން 2022 12:49
0

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ހުރި "ކުނި" ބޭރުކޮށްގެންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކް ޕީޖޭޕީގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް ސަރުކާރުން ކުށްވެރި ނުކުރި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައަށް ސަރުކާރާއި މަޖިލިސްއިން ބީރު ކަންފަތެއް ދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. ސަރުކާރާއި މަޖިލިސްގައި ހުރި ކުނި ރައްޔިތުން ނިކުމެ ސާފުކުރަންވެއްޖެކަމަށާއި، މުޅި ޤައުމު ޚަރާބުކޮށްފިކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލައްވާފައެވެ. އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރުންފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ. އަދި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި، ސަރުކާރުން މި ކަމާމެދު ފިޔަަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅީކަމަށްވެސް އެ މައްސަލާގައިވެއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން 33 މެންބަރުންގެ އަގްލަބިއްޔަތުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުންވެސް ދަނީ އޭނާގެ އަމަލު ކުށްވެރި ކުރަމުންނެވެ. މިގޮތުން ސައުދީ ފޮރިން މިނިސްޓްރީން ވަނީ މިއަމަލު ކުށްވެރިކޮށް ޚާއްސަ ބަޔާނެއް ނެރެފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވެސް ވަނީ މިއަމަދު ކުށްވެރި ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިސްނާ
އިންޑިޔާގެ އަޅުންނަށް ކޮންއެއްޗެއް ކިޔޭނީ ކެތްކޮށްލާ 2023 އަށް