އިންޑިއާގެ ޓީވީ ޗެނަލްއަކުން ބޭއްވި ބަހުސެއްގައި، އިންޑިއާގެ ވެރިކަން ކުރާ، ހިންދޫންގެ ހައްދު ފަހަނައަޅާފައިވާ ވަތަނީ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާން ނުޕުރު ޝަރުމާގެ އަމަލު އަރަބި ގައުމުތަކާއި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ކުށްވެރިކޮށް، ވެރިކަން ކުރާ އިންޑިއާގެ ބީޖޭބީ އަށް ބޮޑެތި ފާޑު ކިޔުންތަކާއި ޑިޕްލޮމެޓިކް ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އަދި މި ޕްރެޝަރުތަކާއެކު، ޕީޖޭޕިންވަނީ، އެ ޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ޕާޓީން ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އޭނާގެ އިތުރުން އެޕާޓީންވަނީ ޕާޓީގެ މީޑިއާ އިންޗާރޖު ކަމަށްވާ ނަވީން ކުމާރު ޖިންޑާލްވެސް ޕާޓީން ސަސްޕެންޑް ކޮށްފައެވެ. މީޑިއާ އިންޗާރޖް ސަސްޕެންޑް ކޮށްފައިވަނީ ރަސޫލާއަށް ފުރައްސާރަކޮށް އޭނާ ޓުވީޓު ކުރުމާއި ގުޅިގެންނެވެ. ފަހުން އޭނާވަނީ އެ ޓުވީޓް ޑިލީޓް ކޮށްފައެވެ.
ޕީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ އޭނާގެ އަމަލު ކުށްވެރި ކުރަމުންނެވެ. އަދި އަރަބި އިސްލާމީ ގައުމުތަކުގައި ދަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށްވެސް ގޮވާލާ އަޑު އުފުލަމުންނެވެ.
މިގޮތުން މިއަމަލު ކުށްވެރިކޮށް ސައުދީ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކައަކީ އެކަލޭގެފާނަށް ފުރައްސާރަ ކުރުން ކަމަށާއި، މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.
"ބީޖޭޕީގެ ތަރުޖަމާ ރަސޫލާއަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަތައް ކުއްވެރިކޮށް، އަދި މިއަމަޅު ހަރުކަށި އިބާރާތުން ފޮރިންގ މިނިސްޓްރީން ކުށްވެރިކުރަން. މާތްވެގެންވާ އިސްލާމްދީނާއި ގުޅޭގޮތުން ދެކެވޭ މިފަދަ ދޮގުވާހަކަތައް ބަލައި ނުގަންނަ ފަދައިން، އެހެން ދީންތަކާއި ގުޅޭގޮތުންވެސް ދެކެވޭ މިފަދަ ވާހަކަތައް ބަލައެއް ނުގަންނަން،" ސަައުދީ ފޮރިންގ މިނިސްޓްރިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ޕީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އޭނާ ޕާޓީން ސަސްޕެންޑް ކުރި ކުރުމަށް ސައުދީ އަރަބިއާއިން މަރުހަބާވެސް ވިދާޅުވެފައި ވެއެވެ.
ސައުދީ އަރަބިއާގެ އިތުރުން، އަރަބި ގައުމުތައް ކަމުގައިވާ ޤަތަރާއި ކުވައިތުންވަނީ، މިއަމަލު ކުށްވެރި ކުރުމުގެ ގޮތުން، އެގައުމުތަކުގައި ތިއްބަވާ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދޯހާއިން ވަނީ ޝަރުމާގެ ކޮމެންޓްތަކާއި ގުޅިގެން އިންޑިއާއިން މާފަަށް އެދުމަށްވެސް ގޮވާލާފައެވެ.
ޝަރުމާ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައި ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފުޝަލުގެ އަމަލް ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު މޯޑީގެ ވެރިކަމުގައި އިންޑިއާގައި ދީނީ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، މުސްލިމުންލިމުންނާމެދި ބޭއިންސާފަވަމުން ދާކަމަށް ވިދާޅުވެފައެވެ.
I condemn in strongest possible words hurtful comments of India's BJP leader about our beloved Prophet (PBUH). Have said it repeatedly India under Modi is trampling religious freedoms & persecuting Muslims. World should take note & severely reprimand India. Our love for the >
— Shehbaz Sharif (@CMShehbaz) June 5, 2022
މީގެ އިތުރުންވެސް ޕީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އިސްލާމީ ދަންނަ ބޭކަލުންވެސް ދަނީ އޭނާގެ އަމަލު ކުށްވެރިކޮށް، އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑު އުފުލަމުންނެވެ. މިގޮތުން އޮމާންގެ ގްރޭންޑް މުފްތީ އޭނާގެ ޓުވިޓަރގައިވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އިސްލާމީ އުއްމަތަށް ގޮވާލައްވާފައެވެ.
إن الاجتراء الوقح البذيء من الناطق الرسمي باسم الحزب المتطرف الحاكم في الهند على رسول الإسلام ﷺ وعلى زوجه الطاهرة أم المؤمنين عائشة رضي الله عنها هو حرب على كل مسلم في مشارق الأرض ومغاربها، وهو أمر يستدعي أن يقوم المسلمون كلهم قومة واحدة pic.twitter.com/T58Ya1dGox
— أحمد بن حمد الخليلي (@AhmedHAlKhalili) June 4, 2022
ބީޖޭޕީން ޝަރުމާގެ ވާހަކަ ސީދާކޮށް ކުށްވެރިއެއް ނުކުރި! ޝަރުމާ ބުނަނީ ކީކޭ؟
ބީޖޭޕީގެ އިސް އޮފިޝަލަކު ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން، މި އަމަލަކީ އެޕާޓީއާއި އެއްވެސް ގުޅުމެއް އޮތް އަމަލެއް ނޫންކަން ހާމަކޮށްދެމުން، މިހަފްތާގެ އާދީއްތަ ދުވަހު ބީޖޭޕީންވަނީ ޚާއްސަ ނޫސް ބަޔާނެއްވެސް ނެރެފައެވެ. އަދި މި ބަޔާނުގައިވަނީ އެޕާޓީން ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާކަމަށް ބުނެފައެވެ. އަދި އެއްވެސް ދީނެއްގެ ޝަޚުސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރިކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
"އެއްވެސް ދީނަކާއި އަދި ނަސްލަކާއި ދެކޮޅު އެއްވެސް ފިކުރުކަށް (އައިޑިއޮލޮޖީ އަކަށް) ތާއީދެއް ނުކުރާނަން،" ޖޫން މަހުގެ 5 ވަނަ ދުވަހު، ބީޖޭޕީގެ ޖެނެރަލް ސެކެޓްރީ އަރުން ސިންގ ނެރުއްވާފައިވާ ބަޔާނުގައި އެޕާޓީން ބުނެފައި ވެއެވެ. "މި ޕާޓީން ހުރިހާ ދީނަކަށްވެސް، ދީނީ ޝަޚުސިއްޔަތުތަކަށްވެސް އިހުތިރާމް ކުރާނެ،" މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
އެހެންނަމެސް، ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލު ސަސްޕެންޑްކޮށް، އަދި މި އަމަލާއި ގުޅިގެން ޕީޖޭޕީން ނެރުނު ބަޔާނުގައި ރަސޫލާއަށް ފުރައްސާރަ ކުރިކުރުން ސީދާ ގޮތެއްގައި ކުށްވެރި ކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާގެ ވާހަކަވެސް ސީދާކޮށް މި ބަޔާނުގައި ފާހަގަ ކޮށްފައި ނުވެއެވެ. އަދި މިބަޔާނުގައި، ރަސޫލާއަށް ފުރައްސާރަކުރި އޮފިޝަލްގެ ނަންވެސް ފާހަގަ ކޮށްފައި ނުވާއިރު، ބަޔާން ނެރެންޖެހުނު ސަބަބެއްވެސް މިބަޔާނުގައި ހާމަ ކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ކުރިޔަށްދިޔަ ބަހުސެއްގައި އޭނާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން ޓުވީޓު ކުރަމުން ޝަރުމާ ބުނެފައިވަނީ އޭނާ ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ހިންދޫންގެ ކަނލާގެއެއް ކަމުގައިވާ "ގޯޑް ޝިވާ"އަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމުގައެވެ.
"އަހަރެންގެ ވާހަކަތަކުގެ ސަބަބުން އެއްވެސް ބައެއް ދީނީ އިހުސާސްތަކަަށް ނުރަގަޅު އަސަރެއްކޮށްފައި ވާނަމަ، އަހަރެންގެ ވާހަކަތައް އަބުރާ ގެންނަން،"
ޝަރުމާ ޓުވީޓް ކޮށްފައި ވެއެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކޮށްފައިވަނީ، އިންޑިއާގެ ވަރަނަސީ ގިޔަންވަޕީ މިސްކިތުގެ ތެރެއިން ޝިވްލިން (ލޯރޑް ޝިވާގެ ރަމްޒެއްކަމަށް ހިންދޫން ގަބޫލުކުރާ ބުދެއްކަމަށް ބުނާ އެއްޗެއް) ފެނުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މުސްލިމުން ބުނުފައިވަނި މިއީ ފެންއަރުވާވަޑާމެއް ކަމުގައެވެ.
ނުޕުރު ޝަރުމާ އާއި ދެކޮޅަށް މިހާރުވަނީ، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރިކަމަށް ބުނެ، އިންޑިއާގެ ހައިދަރުއާބާދު، ޕޫނޭ އަދި މުމްބާއިގެ ކޯޓުތަކަށް މައްސަލަވެސް ހުށަހަޅާފައެވެ.
ގިނަ ބަޔަކު ސަރުކާގެ ބަހެއްގެ އިންތިޒާރީގައި!
އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން، ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާއި ގުޅޭގޮތުން، ދިވެހި ސަރުކާރުގެ އިސް އެއްވެސް ބޭފުޅަކު މީޑިއާގައި މިހާތަނަށް އަދި ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެހެންނަަމަވެސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ބީޖޭޕީގެ އިސްތަރުޖަމާން ނުޕުރު ޝަރުމާގެ މިވާހަކަތައް އެންމެ ފުރަތަމަ ކުށްވެރި ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްކަން ފާހަގަ ކޮށްލެވެއެވެ.
ބީޖޭޕީގެ އިސް އޮފިޝަލުގެ އަމަލު ކުށްވެރި ކުރައްވަމުން މިއަދުގެ ހެނދުނު ހެނދުނާއި ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ، އޭނާގެ ވާހަކައަކީ ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންގެ އިހުސާސްތަކަށް ދިން އަނިޔާއެއްކަމަށާއި، މިއަމަލު ހަރުކަށިއިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.
I, along with my party @JPSecretariat strongly condemns & denounce the derogatory remarks made by the spokeswomen of Indian ruling party @BJP4India , insulting the Prophet Mohammed (PUBH).Her remarks deeply hurt the sentiments of billions of Muslims around the world including me.
— Qasim Ibrahim (@qasimibrahim) June 6, 2022
އަދި މީގެ އިތުރުން އަދާލަތު ޕާޓީގެ ފާރާތުން ޝަރުމާގެ ވާހަކަތައް ރަސްމީކޮށް ކުށްވެރި ކޮށްފައި ނުވިނަމަވެސް، އެޕާޓީގެ އިލްމުވެރިންގެ މަޖިލިހުން މިއަމަލު ކުށްވެރިކޮށް ނެރުއްވާފައިވާ ބަޔާން އެޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ރައީސް ޝެއިޚް އިޔާޒް ޓުވީޓު ކުރައްވާފައި ވެއެވެ. އެހެންނަމަވެސް އެޕާޓީގެ ރައީސް ޝެޚް އިމްރާންވެސް އަދި އެޕާޓީގެ އެހެން އިސް އޮފިޝަލުންވެސް، ބީޖޭޕިގެ އިސްތަރުޖަމާންގެ ވާހަކަތައް ކުށްވެރިކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް ބެލެވޭ ގޮތުގައި، ބީޖޭޕީގެ އިސް ތަރުޖަމާންގެ ވާހަކަތައް ދުނިޔޭގެ އިސްލާމީ ގައުމުތަކުންނާއި އިސްލާމީ އުއްމަތުން ކުށްވެރި ކުރަމުން ދާއިރު، މި އަމަލާއި ގުޅޭގޮތުން ސަރުކާރުން ރަސްމީ ބަހައެއް މިއަދުގެ ވަގުތެއްގައި ހާމަ ކުރައްވާނެއެވެ.
އަދި މާތްވެގެންވާ އިސްލާމްދީނަށް ނިކެމެތިކަން ލިބޭ އެއްވެސް ކަމެއް ބަލައި ނުގަންނާނޭކަމަށް މީގެކުރިން ރައީސް ސާލިހު ވިދާޅުވެފައިވާތީ، ގިނަ ބަޔަކު ތިބީ، އިންޑިއާގައި ވެރިކަން ކުރަމުންދާ، ހައްދުފަހަނައެޅި ހިންދޫ ޕާޓީއެއްކަމުގައިވާ ބީޖޭޕީގެ އިސްތަރުޖަމާންގެ މި އަމަލާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ދެކޭ ގޮތް ހާމަކުރާނޭ ވަގުތެއްގެ އިންތިޒާރީގައެވެ.