މުހިންމު މަޝްވަރާތަކަކަށް މިނިސްޓަރ ޝާހިދު ސަޢުދީއަށް

މުހިންމު މަޝްވަރާތަކަކަށް މިނިސްޓަރ ޝާހިދު ސަޢުދީއަށް

Author
މުޙައްމަދު ޝަޒައިމް
05 ޖޫން 2022 05:48
0

ރާއްޖޭގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ ސަޢުދީ އަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅަކީ، އެޤައުމުގެ ފޮރިން މިނިސްޓަރ އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ތަދަތުފުޅެކެވެ. މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާއްސަ ސިޓީ ފުޅެއް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ސަޢުދީގެ އެހީގައި ކުރިއަށް ގެންދެވިފައިވާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ސައުދީގެ އެހީތެރިކަން ހޯދުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތަކާއި، އެކި ދާއިރާތަކުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެދަޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ފޮރިން މިނސިްޓްރީގެ އިސްބޭފުޅުންގެ ޓީމެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ އަރަބިއްޔާއިން އަންނަނީ ޒަމާނުއްސުރެ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.