ހަންގޭރީން ވަރުގަދަ އިންގްލެންޑް ބަލިކޮށްފި

ހަންގޭރީން ވަރުގަދަ އިންގްލެންޑް ބަލިކޮށްފި

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި 0-1 ގެ ނަތީޖާއަކުން ހަންގޭރީ އަތުން ވަރުގަދަ އިންގްލޭންޑް ބަލިވެއްޖެއެވެ.

ހަންގޭރީ ދަނޑުގައި ކުޅުނު މި މެޗުގައި ސަޕޯޓަރުން ނުވައްދައި ކުޅެން ނިންމި ނަމަވެސް، މެޗު ކުޅެފައިވަނީ 10،000 އަށް ވުރެ ގިނަ ކުޑަ ކުދިންގެ އިތުރުން 1،000 އެއްހާ ބޮޑެތި މީހުން ދަނޑަށް ވައްދައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އިންގްލޭންޑްގެ ސަޕޯޓަރުން ދަނޑަށް ވައްދާފައި ނުވާއިރު، ދަނޑަށް ވައްދާފައިވަނީ ހަންގޭރީގެ ސަޕޯޓަރުންނެވެ.

މެޗުގެ ހަމައެކަނި ގޯލު 66 ވަނަ މިނިޓްގައި ޖެހީ ޕެނަލްޓީ އަކުން ސޮބޯޒްލާއިއެވެ. މިއީ ބަދަލަކަށް ކުޅެން އެރި އިންގްލެންޑްގެ ޑިފެންޑަރު، ރީސް ޖޭމްސް އޭރިއާތެެރެއިން ހަންގޭރީގެ ސޮލްޓް ނާގީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އިންގްލެންޑަށް އެއްވަރުކޮށްދީ ގައުމީ ޓީމަށް 50 ވަނަ ގޯލު ޖަހައިދޭން، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެއެވެ.

މެޗަށް ފަހު ސައުތުގޭޓް ބުނީ އިންގްލެންޑް ބަލިވި އެންމެ ބޮޑު ސަބަބަކީ ދިގު ސީޒަނަކަށް ފަހު އަރާމެއް ނެތި ކުޅުންތެރިން ގައުމީ ޓީމާ އެކު އައިސް ކުއްލިއަކަށް މުބާރާތެއްގެ މެޗުތަކެއް ކުޅެން ފެށުން ކަމަށެވެ. އަދި އެންމެ ރަނގަޅު ބެލެންސެއް ޓީމުގެ ފަރާތުން މި މެޗުގައި ނުފެންނަ ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ.

ހަންގޭރީއާ އެކު އިންގްލެންޑް ދެން މި ގުރޫޕުގައި ވާދަކުރަން ޖެހޭނީ ޖަރުމަނާއި އިޓަލީއާ ދެކޮޅަށެވެ. އިންގްލެންޑުގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ ބެޔާން މިއުނިކުގެ އެލިއެންޒް އެރީނާގައި ޖަރުމަނާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ