މިސަރުކާރުން ރުހުނަސް ނުރުހުނަސް ރައީސް ޔާމީންގެ ތަރައްޤީ ޖެހޭނީ ޤަބޫލުކުރަން: ޣައްސާން

މިސަރުކާރުން ރުހުނަސް ނުރުހުނަސް ރައީސް ޔާމީންގެ ތަރައްޤީ ޖެހޭނީ ޤަބޫލުކުރަން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2022 09:41
0

މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ރުހުނަސް ނުރުހުނަސް ރައީސް ޔާމީންގެ ތަރައްޤީ ޖެހޭނީ ޤަބޫލުކުރަން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާއި މިވެރިކަމާއި އަޅާ ކިޔާލަން މިއަދު މީހުންނަށް ވަރަށް ފަސޭހަ ވެފައިވާކަމަށެވެ. މިސަރުކާރަކީ ކަންކަން ކުރަން ނޭގޭ ވައިދެއް ވީކަމެއްވެސް މިއަދު ހަދާން ހުރި ބައެއް ނޫންކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަށްފަހު މިސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީ ހަޖަމް ކުރަން ނޭގުންކަމަށެވެ.

ތަރައްޤީއަކީ ކޮބައިކަން، އެކަން ދައްކުވައި ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި. އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ކަންކަން ވަނީ ދާދި އެއްގޮތަކަށް. ރުހުނަސް ނުރުހުނަސް ރައީސް ޔާމީން ގެނެސް ދެއްވި ޖެހޭނީ ޤަބޫލު ކުރަން.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވަމުންދަނީ ހޮޅި ވައުދުތަކާއި، ދައްކަވަމުންދަނީ ހޮޅިވާހަކަތައް ކަމަަށް ދިވެހި ރައްޔިތުން ގަބޫލު ކުރާކަމަށެވެ. މިއަދު ފެނިގެންދަނީ ނޫސްތަކުގެ ސުރުހީ އަޅާލާތަން އެކަނިކަމަށެވެ. ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރުމަކީ މިސަރުކާރުން ދަންނަ ކަމެއް ނޫންކަމަށް ޣައްސާން ވިދާޅުވިއެވެ.

ހޮޅިވާހަކަ ދައްކައިގެން އަގައި ހިފަހައްޓާ މީހުންނާއި، ކަންކަން ކުރާ މީހުން ވަރަށް ސާފު. ވެރިކަން ކުރަން ދަންނަ މީހުންނާއި، ނުދަންނަ މީހުން މިވަނީ ވަރަށް ސާފުވެފަ. ވެރިކަމަށް އައީ ވައުދުތަކެއް ވެގެންކަން މިހާރު ދަންނަހެން ހީވެސް ނުވޭ. ބޮޑު މަޝްރޫޢެއެއް ހިންގަން، ދައުލަތަށް ފައިސާ ހޯދަން ނުގޭ. ޤައުމު މިއަދު އޮތީ ވާނުވާގަ.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށްކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަކީ އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވާ އެންމެ މުހިންމު ކަންތައްކަމަށެވެ. އެމަނިކުފާނުގެ މިމަސައްކަތުގައި މިއަދު ޤައުމު އޮތް އަދަވަޅުން އަރައިގަނެ، ރާއްޖެ މިނިވަން އައްސޭރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ޕީޕީއެމްގެ ބަދަހި ސަފުތައް ތާއަބަދު އޮންނާނެކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީބާ
ދަރިފުޅާ ދަރިފުޅުގެ ބައްޕަ ގެނައި ތަރައްގީގެ ވާހަކަ ދެއްކީއާ މާ ތާހިރުވާނެ