ރާއްޖޭގެ އެންމެ ދެކުނަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސް ކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެންމެ ދެކުނުކަމުގައިވާ އައްޑޫ ސިޓީން ފުވައްމުލަކު ސިޓީގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7 އިން 12 އާއި ދެމެދުގެ ވަގުތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި، 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް އިއްޔެވެސް ވަނީ ހިނގާފައެވެ. މޫސުމާއިބެހޭ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކުރުމާއި ގުޅިގެން އެމްއެމްޑީއެފްއިން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ