ނާޒިމާ މަޤާމުގެ މަސްއޫލިއްޔާއި ހަވާލުވެއްޖެ

ނާޒިމާ މަޤާމުގެ މަސްއޫލިއްޔާއި ހަވާލުވެއްޖެ

Author
މުޙައްމަދު ޖިމީ
31 މެއި 2022 02:26
0

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕިއެމްގެ ކެނޑިޑޭޓް ފާޠިމަތު ނާޒިމާ މަޤާމާއި ހަވާލުވެ އިގުރާރުގައި ސޮއި ކުރައްވައިފިއެވެ.

ނާޒިމާ މިއަދު އިގުރާރުގައި ސޮއި ކުރުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

ވިލިމާލެ ދާއިރާގެ އިންތިޚާބު ބޭއްވީ މިމަހުގެ 14ގައެވެ. މި އިންތީޚާބު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް 358 ވޯޓުވަނީ ލިބިފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.