ޤައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ޤައުމީ ސަލާމް ކިޔަނީ

ޤައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ޤައުމީ ސަލާމް ކިޔަނީ

Author
އިބްރާހީމް ސާޢިދު
14 ނޮވެމްބަރ 2020 08:18
0

ގައުމީ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން ރާއްޖޭގެ ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގާފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވިި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ރޫހު ވަރުގަދަ ކުރުމަށް ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގާފައިވާ ކަމަށެވެ. މަހުލޫފްގެ ޓްވީޓުގައި ޕޫލް ބިލިއާޑުގެ ގައުމީ ސްކޮޑުން ތަމްރީނުތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިމަނުއްވާފައި ވެއެވެ.

ޤައުމީ ސަލާމް ކިއުމަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކެއްގައިވެސް ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮށް މެޗެއް ކުޅެން ފެށުމުގެ ކުރިންނާއި ފަހުންވެސް ޤައުމީ ސަލާމަށް ހާއްސަ އަހައްމިޔަތުކަމެއް ބަހައްޓައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.