ތެދުވެރި، ވަފާތެރި ފިރިހެނުން ދެނެގަންނާނި ކިހިނެއް؟

ތެދުވެރި، ވަފާތެރި ފިރިހެނުން ދެނެގަންނާނި ކިހިނެއް؟

އިތުބާރަކީ ކޮންމެ ގުޅުމެއްގައިވެސް ބިންގާލޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. އެއީ އިތުބާރުގައި ރެދުލައިފި ނަމަ ނޫނީ އެކަކު އަނެއްކަކަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ ގިނަފަހަރަށް ދިރިއުޅުމަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ކަންތަށްތަށް ކުރިމަތިވެއެވެ.

ވަރަށް ގިނަ ފަހަރަށް ފިރިމީހާ ތިމާއާ ދުރުވާކަމުގެ އިހުސާސްތަށްކުރެވި ހިތުގާއި ޝައްކާއި ބިރުވެރިކަން އުފެދޭ ފަހަރު އާދެއެވެ.

މިފަދަ ހާލަތްތަކުގައި ފިރިމީހާއަށް ފާރަލުމާއި ފެންނަ ބައެއް ކަންތަށްތަކުގެ ސަބަބުން އިތުބާރު ގެއްލި ދިރިއުޅުން ނުރައްކަލަށް ހުށައެޅެވެ. އެކަމަކު ފިރިމީހާއަށް ޝައްކުކުރުމާއި އިތުބާރު ކުޑަ ކުރުމުގެ ކުރިން ފިރިމީހާގެ ކިބައިން ތިރީގައިއެވާ ކަންތަށްތަށް ފާހަގަކުރެވޭތޯ ބަލާށެވެ.

ތިރީގައި އެވަނީ ތިމާދެކެ އިންތިހާ އަށް ލޯބިވާ އެހެން އަތަކަށް ދިއުމުގެ ވިސްނުމެއް ނެތް ފިރިންގެ ފަރާތުން ފެންނާނެ ބައެއް ކަންތަށްތަކެވެ.

 

  • ފިރިމީހާގެ އުފާތަކަށްވުރެ ބޮޑަށް އަނބިމީހާއާއި ދޭތެރޭ ވިސްނާނެއެވެ. މިސާލަކަށް ފިރިމީހާއަށް ލިބޭ ހުސްދުވަސްތަކުގައި އެކުވެރިންނާއެކު މަސްބާނަން ދިއުމުގެ ބަދަލުގައި އަނބިމީހާ ބައިވެރިކޮއްގެން ކުރެވޭނެ ކޮންމެވެސް ކަމެއް ކުރުމަށް އިސްކަން ދީފާނެއެވެ. ދެމަފިރިން އެކުގައި ކައްކާލުން ޑިނާއަށް ދިއުން ނޫނީ ކޮޓަރި ސާފުކޮއްލުންފަދަ ބައެއް ކަންތަށްތަށް ކުރާނެއެވެ.
  • ވާހަކައިގެ މެދު ކެޑުމަށް މަސައްކަތް ނުކޮށް ވާހަކަ އަޑުއަހާނެއެވެ. އަނބިމީހާގެ ހުރިހާ ވާހަކައެއްވެސް އުފަލާއެކު ފަރުވާތެރިކަމާއެކު އަޑުއަހާނެއެވެ. ފޫހިގޮތްދައްކާ ވާހަކައިގެ މެދުތެރެއިން ވާހަކަ ބަދަލުކޮއްލާ ކޮންމެވެސް އެހެން ކަމަކަށް ސަމާލުކަން އަބުރާލުމަށް މަސައްކަތެއް ނުކުރާނެއެވެ.
  • އަނބިމީހާގެ ދިރިއުޅުމާއި ގުޅުންހުރި ކޮންމެ ކަމެއް އަދި ކޮންމެ ދުވަހެއް ހަނދާން ބަހައްޓާނެއެވެ. އެނިވާރސަރީ ، އުފަންދުވަހުގެ އިތުރުން ޑޮކްޓަރުގެ އޮޕޮއިންޓްމަންޓް އަދި އާއްމުކޮށް ދާ ތަންތަނަށް ދާގަނޑިތަށްވެސް ހަނދާން ހުންނާނެއެވެ.
  • އަނބިމީހާގެ އާއިލާއަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ. އެމީހުންގެ ހާލުބަލާ ބައްދަލުކޮށް ހަދާނެއެވެ. އަނބިމީހާއާއި އެއްވަރަށް އާއިލާގެ މީހުންގެ މެދުގައި އޭނާއަކީވެސް މަޤުބޫލު މީހަކަށް ވާނެއެވެ.
  • ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅޭ ފިރިއެއްނަމަ އެކަމުގައި އަނބިމީހާ ހިއްސާ ކުރާނެއެވެ. ފަހުރުވެރިކަމާއެކު ރިލޭޝަންގައި އަނބިމީހާގެ ނަން ބެނުންކުރާނެއެވެ. އަދި ސޯޝަލް މީޑިއާގައިވެސް ލޯބި އާލާކޮށް ތިބާއަކީ ވަރަށް ހާއްސަ މީހެއްކަން އިހުސާސް ކޮއްދޭނެއެވެ.
  • ދިރިއުޅުމުގައި ގޯހެއް ހެދުނަސް އެކަމުން ރެކުމުގެ ބަދަލުގައި ހަޤީޤަތާ ކުރިމަތިލާނެއެވެ. ކުށް ޤަބޫލުކޮށް މާފަށް އެދޭނެއެވެ. ކުރެވުނު ކުށުގެ ވާހަކަ ބުނުމުން އަނެކާގެ ކުށް ދައްކާ ބަހަނާ ދައްކާ ނުހަދާނެއެވެ.

މިފަދަ ފިރިއަކު ތިބާއަށް ލިބިފައިވާނަމަ ތިބާއަކީ ނަސީބުވެރިއެކެވެ. ތިގުޅުން ޤާއިމްކޮއްފައި ބޭއްވުމަށް ތިބާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *