އެެންމެ ފުރަތަމަ ދޮރުފޮތީގެ ފެބްރިކްއަށް ވިސްނާލާށެވެ. މިފެބްރިކްއަކީ އެހާ ބަރު ފެބްރިކްއަކަށްވެގެން ނުވާނެއެވެ އެހެންނޫންނަމަ ވައި ޖެހުމުން ގޭތެރެއަށް ވައި ވަންނަން އުދަގޫވާނެއެވެ. މީގެ އިތުރުން ފޮތިގަނޑު އެލޭގޮތްވެސް ވާނެއެވެ. އެހެން ވުމުގެ ސަބަބުން ދޮރުފޮތީގެ ރީތިކަން ގެއްލޭނެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ދޮރުފޮތީގެ ކުލައަށް ވިސްނާލާށެވެ. ދޮރުފޮތީގެ ކުލަ ގޭގެ ފާރުގައި އަދި ފަރިނީޗަރުގައި ހުންނަ ކުލައާއި ކޮންމެހެންވެސް ގުޅެންވާނެއެވެ. އަދި ގޭގެ ޖުމުލަކޮށް ހުންނަ ޑިސައިންއާއި ގުޅޭގޮތަށް ދޮރުފޮތި ގަތުމުން ގެޔަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދެއެވެ. އެހެން ކަމުން ދޮރުފޮތި ގަރުމުގެ ކުރިން މިކަމާއި މެދުގައި ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ.
ދޮރުފޮތި ގަތުމުގެ ކުރިން ދޮރުގެ ދިގުމިން ރަނގަޅަށް ބެލުން ވަރަށް މުހިއްމެވެ. ދޮރަށްވުރެ ދޮރުފޮތި ދިގުވުމުން ނުވަތަ ކުރުވުމުން ހަޑިވެފަ އުދަނގޫވެސް ވާނެއެވެ. ދޮރުފޮތި ދެމުމަށް މިކަމުގެ މާހިރުން ދީފައިވާ އިރުޝާދަށް ބަލާލާއިރު ދޮރުފޮތި ހުންނަންވާނީ މަތީ ސީލިންގް ގައި ޖެހިފައިއެވެ. އަދި ތިރިން ބިންމަތީ ޖެހޭ ނުޖެހޭ ވަރުގަަައިއެވެ. މިހެން ދޮރުފޮތި އެލުވައިލުމުން ނަލަވެފައި ހިތްގައިމުކަމަށް ދައްކާނެއެވެ.
މީގެ އިތުރުން ގަންނަ ދޮރުފޮތީގެ ފެބްރިކްއާއި ބެހޭގޮތުން ތިމާއަށް ވަރަށް ރަނގަޅަށް އިނގެންވާނެއެވެ. އެއީ ދޮރުފޮތި ރީތިކޮށް ގިނަ ދުވަހު ގެންގުޅުމަށްޓަކައެވެ. އަދި ދޮރުފޮތި ދޮވުމުގައިވެސް ގެންގުޅެން ޖެހޭ އުކުޅު ތަށް ދިރާސާ ކުރަން ވާނެއެވެ.
ކޮމެންޓު ފޮނުވާ