” ދަ ޑެސްޓިނީ ޓު ބީ އަ މަދާރ ” މިފޮތުގައި ބުނާގޮތުން އަންހެން ދަރިއަކާއެކު މަންމައަކު ވަރަށް މުހިއްމު 4 މަރުހަލާއެއް ކަޑަތުކުރަންޖެހެއެވެ. އަދި މިފޮތުގައި ވާގޮތުން މި 4 މަރުހަލާ ދެމައިން އެކުގައި ގިރާކޮއްފި ނަމަ އެ ގުޅުމަކީ ވަރުގަދަ ބަދަހި ގުޅުމެކަށްވެގެންދެއެވެ. މިހާރު ހިތަށް ގެނުވާ ސުވާލަކީ މި 4 މަރުހަލާ އަކީ ކޮބައިބާވައެވެ.
0-7 އަހަރާއި ދޭތެރޭގައި ހޭދަވާ ދުވަސްތަށް
މިއީ ދަރިފުޅަށް އެންމެ ބޮޑަށް ލޯއްބާ އަޅާލުން ބޭނުންނާ މަރުހަލާއެވެ. މިދުވަސްތަކަކީ މައިމީހާއާއި ދަރިފުޅާއި ދޭތެރޭގައި އުފެދޭ ވަރުގަދަ ގުޅުމުގެ ސަބަބުން ދަރިފުޅުގެ އުފަލުގައި ހޭދަކުރާ ޅަދުވަސްތަކެވެ.
މިދުވަސްތަކުގައި ކުރިން ބުނެވިދިޔަ މައިމީހާ ދަރިފުޅާއެކު އުފައްދާ ގާތް ގުޅުން ރަގަނޅުގޮތުގައި ޤާއިމްކުރެވިއްޖެ ނަމަ އެއޮތީ ކުއްޖާގެ ދިރިއުޅުމުގެ ބިންގާ ރަގަނޅުކުރެވިފައެވެ.
- 7-14 އަހަރާއި ދެމެދުގައި ހޭދަވާ ދުވަސްތަށް
މިއީ ދަރިން އެމީހުންގެ ދިރިއުޅުމުގެ މުހިއްމު ނިންމުންތަށް އަމިއްލައަށް ނިންމާ އުމުރެކެވެ. ގިނަފަހަރަށް މި ދުވަސްތަށް ހޭދަވެގެންދަނީ މައިމީހާއާއި ދަރިފުޅާ ދޭތެރޭ ދެބަސްވުންތަކެއް ހިގައިގެންނެވެ. މި މަރުހަލާގައި ގިނަ ފަހަރަށް ދަރިން އަބަދުވެސް މަސައްކަތްކުރާނީ މައިންނަށްވުރެ ރަގަނލަށް ދިރިއުޅުމުގައި ގޮތް ނިންމަން ދަރިންނަށް އެގޭނެކަން ސާބިތުކޮއްދިނުމުގައެވެ.
އަދި ދެބަސްވާން ޖެހެނީ މައިންވެސް އެއާ ދެކޮޅަށް މައިންނަށް މާ ރަގަނޅަށް އެގޭނެކަމަށް ސާބިތުކޮއްދޭން މަސައްކަތްކުރުމުންނެވެ. މިމަރުހަލާގައި އެކުދިންގެ ނިންމުންތަކަށް ތާއީދުކުރުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ ޒިންމާދާރު މީހަކަށްވުމުގެ ފުރުސަތު ބޮޑުވެއެވެ. ކޮންމެ ކަމެއްގައި ޖަދަލުކުރުމުގެ ބަދަލުގައި އެކުދިން އަމިއްލައަށް ނިންމި ކަމަށްވިޔަސް ބައެއް ފަހަރަށް އެކަން ބަލައިގަންނާށެވެ.
- 14- 21އަހަރާއި ދެމެދުގައި ހޭދަވާ ދުވަސްތަށް
މިއީ އަމިއްލަ މިނިވަންކަމަށް ދަރިން ދައުވާކުރާ އުމުރުތަކެވެ. އަދި މައިންނާ ނުލައި ދިރިއުޅުން އޮންނާނެގޮތް ތަޖުރިބާކޮއްލަން ކުދިން ބޭނުންވެސް ވާ އުމުރެކެވެ. އެކަމަކަށް ކުރެވޭ މަސައްކަތުން ބައެއް ފަހަރަށް ކުރިން ދިޔަ ދެ މަރުހަލާގައި އުފެއްދި ގުޅުން ކުޑަވާތަންވެސް އާދެއެވެ.
މިދުވަސްތަކުގައި މައިންނަށް ބޮޑެތި ގޮންޖެހުންތަކެއްކުރިމަތިވެއެވެ. މިކަންކަންކަމާ ކުރިމަތި ލުމަށް އެންމެ ފަސޭހަވެގެން ދަނީ ދަރިފުޅުގެ ދިރިއުޅުމުން މައެއްގެ އިތުރުން ގާތް އެހެންމިހެއްގެ ރޯލުވެސް ކުޅެގެނެވެ.
މިސާލަކަށް ރަހުމަތްތެރިއެން ނޫނީ އިތުބާރުކުރެވޭ ނަމޫނާއަކަށް ވެވިގެނެވެ. މިފަދަ މީހަކަށް ވެވޭނީ ދަރިންގެ ދިރިއުޅުމުގައި ފާއިތުވެގެންދިޔަ ކޮންމެ މަރުހަލާއެއްގައި މިދުވަސް އަންނާނެކކަން އެގިހުރެ ދިރިއުޅުމާއި ދެމައިންގެ ދޭތެރޭގައި އޮންނަ ގުޅުން ޤާއިމް ކުރަމުން އައިސްފި ނަމައެވެ.
- +21 އަހަރުން މަތީގެ ދުވަސްތަށް
މިއީ ގިނަ ފަހަރަށް ދަރިން މައިންނަށްވެ މައިންގެ އިހުސާސްތަށް ދެނެގަންނަ ހިސާބެވެ. މަންމައިން ދަރިންނަށްޓަކައި ވާ ގުރުބާނީއާއި ދަރިން މިހިސާބަށް ގެނައުމަށް ކުރާނެ ބުރަ މަސައްކަތް އަންދާޒާކޮއްލާ ދުވަސްވަރަކީ މިއީއެވެ.
މިދުވަސްތަކުގައި ދަރިން އެންމެ ބޮޑަށް އެހީތެރިކަމާއި އަޅާލުން ބޭނުންވާނީ މައިންގެ ފަރާތުންނެވެ. އަދި އެންމެ ގާތް މީހެއްގެ ގޮތުގައި ހުންނަންބޭނުންވާނީވެސް މަންމައެވެ. މިމަރުހަލާގައި މައިން އަބަދުވެސް އެމީހުންނަށް ދެވެން އޮތްގޮތަކަށް ސަޕޯރޓް ދިނުމުގައި ތިބުމުން ދިރިއުޅުމުގެ 4 މަރުހަލާވެސް ކާމިޔާބު ކުރެވުނީއެވެ.