ކަރަން ޖޯހަރުގެ އެކްޝަން ފިލްމެއް

ކަރަން ޖޯހަރުގެ އެކްޝަން ފިލްމެއް

Author
ފާތިމަތު ނާވީ
26 މެއި 2022 05:32
0

ބޮލީވޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އެކްޝަން ފިލްމް އެއް ހަދަން އުޅޭކަން އިއުލާން ކޮށްފިއެވެ.

ލޯބީގެ ފިލްމް ތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލު ޑައިރެކްޓަރުގެ އެކްޝަން ފިލްމް އެނައުންސް ކުރީ އޭނާގެ 50 ވަނަ އުފަންދުވަހާއި ގުޅުވައިގެންނެވެ.

އިއްޔެ އުފަންދުަވސް ފާހަގަ ކުރި ކަރަން ބުނި ގޮތުގައި  އޭނާ މަސައްކަތް ކުރަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރުމަށް ފަހު އެ ފިލްމުގެ ޝޫޓިންތައް ފަށާނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި ފިލްމް އަކީ އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރުމަށް ތައްޔާރު ކުރަމުން އަންނަ ފިލްމްއެކެވެ. މިހާތަނަށް އަދި އެކްޝަން ފިލްމް އެއް ހަދައިފައިނުވާ ޑައިރެކްޓަރު ބުނި ގޮތުގައި އެކްޝަން ފިލްމްގެ މަސައްކަތް އަންނަ އަހަރުގައި ފަށާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އަދި ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.