ޗެލްސީ ގަތުމަށް ޓޮޑް ބޯލީ ކުރަމުންދާ މަސައްކަތަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތާއީދު ލިބިއްޖެއެވެ.
ޕްރިމިއަރ ލީގުން މިހާރު ވަނީ ބޯލީގެ ކޮންސޯޓިއަމްއިން އޯނާސް އާއި ޑިރެކްޓަރުންގެ ޓެސްޓުން ފާސްވެފައިވާކަން ހާމަކޮށްފައެވެ. ޗެލްސީ ގަންނަން ހުށަހެޅި ގިނަ ބިޑްތަކުގެ ތެރޭން ބޯލީގެ ކޮންސޯޓިއަމަށް ކުލަބް ވިއްކާލަން މި މަހުގެ 6 ވަނަ ދުވަހު ވަނީ ނިންމައިފައެވެ. އެ ކޮންސޯޓިއަމުން ވަނީ ކުލަބް ގަންނަން 4.25 ބިލިއަން ޕައުންޑް (5.2 ބިލިއަން ޑޮލަރު) ހުށަހަޅައިފައެވެ. ނަމަވެސް ކުލަބް ވިއްކާލުމުގެ ކަންކަން ފުރިހަމަ ވާން އޮތީ ޕްރިމިއާ ލީގުގެ ބޯޑުގެ އިތުރުން އިނގިރޭސި ސަރުކާރުގެ ވެސް ހުއްދަ ލިބިގެންނެވެ.
ޕްރިމިއަރ ލީގުން ބޮލީގެ ހުށަހެޅުން ގަބޫލް ކުރިނަމަވެސް މިވިޔަފާރި ކުރިއަށް ދިއުމާގުޅޭ އެންމެ ފަހު ބަސް ބުނާނެކަމަށް ނުވަތަ ހުއްދަ ދޭނެކަމަށްވަނީ އިނގިރޭސި ސަރުކާރުންނެވެ. އެއީ މިވިޔަފާރިން ލިބޭ ފައިސާގެ އެއްވެސް ބައެއް އަބްރަމޮވިޗްއަށް ލިބެން އިނގިރޭސި ސަރުކާރުން ބޭނުން ނުވާތީއެެވެ. އަދި މިވަގުތު ކަންތައްތައް ފެއްނަން ހުރިގޮތުގުން މިވިޔަފާރި ކުރިއަށް ގެއްދިއުމަށް ބޭނުންވާ ހުއްދަތައް ހުރިހާ ފަރާތަކުންވެސް ދޭނެއެވެ.
ބޯލީ އިސްވެ ހުރެ ކޮންސޯޓިއަމް ހިންގި ނަމަވެސް ކުލަބުގެ ސޭލް ނިންމުމަށް ފަހު ޗެލްސީގެ ހިއްސާގެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮންނާނީ ކެލިފޯނިއާގެ ޕްރައިވެޓް އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ ކްލިއާލޭކް ކެޕިޓަލް އަށެވެ. މި ކޮންސޯޓިއަމަށް އިނެވެސްޓް ކުރި އިތުރު ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ބިލިއަނަރު މާކް ވޯލްޓާ އާއި ސްވިޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ