އަފްއާނިސްތާންގެ އަންހެން ޕްރެސެންޓަރުން މޫނު ނިވާކުރަން ފަށައިފި

އަފްއާނިސްތާންގެ އަންހެން ޕްރެސެންޓަރުން މޫނު ނިވާކުރަން ފަށައިފި

Author
ހުސެއިން
22 މެއި 2022 04:06
0

މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން، އަފްއާނިސްތާނުގެ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރަމުންދާ ހުރިހާ އަންހެން ޕްރެސެންޓަރުން ތާލިބާން ޖަމާއަތުގެ އެންގުމާއި އެއްގޮތަށް މޫނު ނިވާކުރަން ފަށައިފިއެވެ.

އަފްއާނިސްތާނުގެ ހުރިހާ އަންހެން ޓީވީ ޕްރެސްންޓަރުން މޫނު ނިވާކުރަން ޖެހޭނެކަމަށް ތާލިބާން ސަރުކާރުން އަންގާފައިވި ނަމަވެސް، އާދީއްތަ ދުވަހާއި ހަމައަށް ބައެއް ޕްރެސެންޓަރުން ދިޔައީ ތާލިބާނުންގެ މި އެންގުމަށް އަމަލު ކުރުމަށް ދެކޮޅު ހަދަމުންނެވެ. އެހެންނަމަވެސް، ބައެއް އަންހެން ޕްރެސެންޓަރުން އަފްއާނިސްތާންގެ ލޯކަލް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، އެންގުމަށް އަމަލު ކުރުމަށް ތާލިބާން ސަރުކާރުންވަނީ ވަޒީފާ ދޭފަރާތަށް މަޖުބޫރު ކޮށްފައެވެ.

ފާއިތުވެދިޔަ އަހަރު، އަފްއާނިސްތާން އެޖަމާއަތުގެ ބާރުގެދަށަށް ގެނައުމަށްފަހު، ތާލިބާން ސަރުކާރުންދަނީ، އަންހެނުންގެ މައްޗަށް ހަރުކަށި ބައެއް އުސޫލުތައް ތަންފީޒު ކުރަމުންނެވެ. އަދި ފާއިތުވި ހަފްތާތަކުގައި ވަނީ މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ފަށާފައެވެ.

މިގޮތުން އަފްއާނިސްތާން އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމުގައިވާ ޓޯލޯ ނިއުސްއާއި، އަރިއާނާ ޓެލެވިޒަންއާއި، ޝަމްޝާދު ޓީވީއާއި އަދު ވަންޓީވީގައިވެސް ޕްރެސެންޓަރުން ނިއުސް ބުލެޓިންތަކާއި އަދި ޚަބަރުތައް ރިޕޯޓު ކޮށްފައިވަނި މޫނު ނިވާކޮށްގެން ތިބެއެވެ.

ތާލިބާން ސަރުކާރުން މީގެ ކުރިންވަނީ، އެގައުމުގެ ހުރިހާ އަންހެނުންވެސް ގެއިން ބޭރުގައި އުޅޭއިރު މޫނު ނިވާކުރަން ޖެހޭގޮތަށް ނިންމާފައެވެ. އަދި މި އުސޫލު، މިފަހްތާގެ ހޮނިހިރު ދުވަހުން ފެށިގެން ޓީވީ ޕްރެސެންޓަކުންނަށްވެސް ލާޒިމްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެހެންނަަމެސް ބައެއް އަންހެން ޕްރެސެންޓަރުން މިކަމަށް ދެކޮޅު ހެދުމުން ތާލިބާން ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ، މި އުސޫލަށް އަލުކުރުވުމަކީ މެނޭޖަރުންނަށާއި އަދި މުވައްޒަފުންނާއި ހަވާލުވެ ތިބޭ ބައެއްގެ މައްޗަށް ލާޒިމް ކަމެއް ކަމުގައެވެ. އަދި މިއުސޫލަށް އަމަލު ނުކޮށްފިނަމަ އެފަރާތްތައް ކުށްވެރިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާއިން ފެށިގެން ތާލިބާން ސަރުކާރުންވަނީ އާންމު ޕާކްތަކަށްވެސް އަންހެނުން ޒިޔާރަތް ކުރުމަށް ހަފްތާގެ ވަކި ދުވަސްތަކެއް ހަމަޖައްސާފައެވެ. އަދި ދުރު ދަތުރުތަކުގައި ދާއިރު މަހުރަމުންނާއި ނުލާ އަންހެނުން ދަތުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
ތި ލިޔެވޭ އެއްޗެއް އެބަ އެނގޭތަ