ސައީދުއާއެކު ޑައިވް ކުރަން ފޭބި މަހަމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް

ސައީދުއާއެކު ޑައިވް ކުރަން ފޭބި މަހަމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް

Author
މުޙައްމަދު ޝަޒައިމް
21 މެއި 2022 03:05
0

ފުވައްމުލަކުގެ ނެރާ ދިމާލު ބޭރުގައި ޑައިވިން ކުރަނިކޮށް ހާލު ދެރަވި މަހުމޫދު ފާއިޒް 19، އަށް އިތުުރު ފަރުވާ ދިނުމަށް މިއަދު އިންޑިއާއަށް ފުރުވާލައިފިއެވެ.

ފުވައްމުލަކަށް ނިސްބަތްވާ އެރަށުގެ 40 އަހަރުގެ ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދުވެސް ޑައިވް ކުރަމުން ދިޔައެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު މި ދެ މީހުން އެކުގައި ޑައިވްކުރަމުން ދަނިކޮށް ސައީދު ވަނީ ގެއްލިފައެވެ. ސައީދު ހޯދުމުގެ މަސައްކަތް ހަތް ދުވަހަށް ކުރިއަށް ގެންދިއުމަށްފަހު ސިފައިން މިހާރު ވަނީ އެ އޮޕަރޭޝަން ހުއްޓާލާފައެވެ.

އެދުވަހު މަހުމޫދުގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ފަރުވާދޭން ގެންދިޔައީ ދ. ކަނޑިންމަ ރިސޯޓަށެވެ. ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން އޭނާގެ ފަރުޥާއަށް ކުރެއްދޫ ރިސޯޓަށްވަނީ ބަދަލުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާ މިއަދު އިންޑިއާއަށް ގެންދިޔައީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ހެދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.