ފުލުފުލުގައި ފިލްމުތައް ފްލޮޕްވެ ރަންވީރުގެ ކެރިއަރ ނިމެނީބާ؟

ފުލުފުލުގައި ފިލްމުތައް ފްލޮޕްވެ ރަންވީރުގެ ކެރިއަރ ނިމެނީބާ؟

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންވީރު ސިންގެ އެންމެ ފަހުން ނެރުނު ދެފިލްމު ވެސް ބޮކްސް އޮފީހުގައި ނުހިނގިއެވެ.

ކޯވިޑްގެ ސަބަބުން ނެރުން ލަސްވެގެން ދިޔަ ބަޔޮޕިކް "83″އަށް ވެސް ބޮކްސް އޮފީހުގައި މާބޮޑު ޖާދުލެއް ނުދެއްކުނެވެ. އެ ފިލްމަކީ ބޮޑު ބަޖެޓަކުން ހެދި ފިލްމެކެވެ. މީގެ އިތުރުން އެ ފިލްމުގައި ރަންވީރުގެ އަންހެނުން އަދި އެކްޓްރެސް ދީޕިކާ ޕަޑުކޯންވެސް ވެސް ވަނީ މުހިންމު ރޯލެއް ކުޅެފައެވެ.

ނަމަވެސް ހީކުރި ވަރާއި ގާތަށްވެސް ފިލްމު ހިނގާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ފިލްމުގައި ފްލޮޕް ބޯޑު އަޅުވައި ސިނަމާއިން ނެގީއެވެ.

ރަންވީރުގެ މި ހިތާމައަށް އިތުރު ހިތާމެއް ލިބިގެން ދިޔައީ އޭނާގެ އެންމެ ފަހުގެ ފިލްމަށްވެސް ހަމަ މިހެން ދިމާވުމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ "ޖަޔެޝްބާއި ޖޯރްދާރް" އެވެ.

ޔަޝްރާޖް ފިލްމްސް (ވައިއެފްއާރް)ގެ ބޮޑު ބަޖެޓުގެ މި ފިލްމައަށްވެސް ލިބުނީ ފިނި ތަރުހީބެކެވެ. މިއީ 3.25 ކަރޯޑްގެ އަގުބޮޑު ފިލްމެކެވެ. ނަމަވެސް ފިލްމަށް އުންމީދު ކުރި ވަރުގެ ފައިދާއެއް ނުލިބުނެވެ.

ރަންވީރުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ އޭނާ ފުލުފުލުގައި ނެރުނު ފިލްމު ތަކަކީ ބޮޑު ބަޖެޓްގެ ފިލްމު ތަކަށްވެ ހީކުރިވަރަށް ވުރެ ފިނި ތަރުހީބެއް ފިލްމުތަކަށް ލިބުމުންނެވެ.

ބޮލީވުޑް ދިރާސާ ކުރާ މީހުންގެ ސުވާލަކީ މިކަމުގެ ސަބަބުން ރަންވީރުގެ ކެރިއަރަށް ކުރާނީ ކޮން އަސަރެއް ތޯއެވެ. މިއީ ރަންވީރުގެ ކެރިއަރުގައި އައި ވަރަށް ބޮޑަށް ވެއްޓުމެއް ކަމަށާއި އެ ވަޅުގަނޑުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ވޭތުވެ ދިއަ ދިހަ އަހަރެއްގެ ތެރޭގައި ރަންވީރު ވަނީ އޭނާގެ ޖާދޫ ދައްކައި ގިނަ ބައެއްގެ ލޯބިހޯދާފައެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރެއިން އެކަކެވެ. ރަންބީރުގެ މަގުބޫލު ފިލްމު ތަކުގެ ތެރޭގައި "ޕަދްމާވަތީ" އާއި "ރާމްލީލާ" އަދި "ބާޖިރާއޯ މަސްތާނީ" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

ރަންވީރުގެ އުންމީދީ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ އާލިއާ ބަޓާއެކު އޭނާ ފެނިގެންދާ "ރޮކި އޯރް ރާނީކީ ޕްރޭމް ކަހާނީ" އެވެ. އެހެންކަމުން އެފިލްމުގެ އިންތިޒާރުގައި ގޮތެއް އަދި ނިންމުމަށް މަޑުކޮށްލާނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *