13 އަހަރަށް ފަހު އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

13 އަހަރަށް ފަހު އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ގެބޮންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ޕިއެރޭ އެމެރިކް އޮބަމަޔަންގް ހާމަކޮށްފިއެވެ.

އޮބާމަޔަން، 32، ވަނީ ގެބޮން ޓީމަށް 70 މެޗު ކުޅެދީފައެވެ. އެ ޓީމަށް އެ މެޗުތަކުގައި ޖުމްލަ 30 ގޯލު ޖެހިއިރު، އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. ގެބޮންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އޮބާމަޔަން ވަނީ ގެބޮންގެ ސަޕޯޓަރުންނަށް ހާއްސަ ސިޓީއެއް ފޮނުވައިފައެވެ.

އޮބަމަޔަންގް ވަނީ ގެބޮންގެ ރައީސް އަލީ ބޮންގޯ އޮންޑިންބާ އަށް ވެސް ޝުކުރު އަދާކޮށްފައެވެ. އޮބަޔަމަންގް ބުނީ ރައީސް އަލީ ބޮންގޯ ގެބޮންގެ ފުޓްބޯޅަ ކުރިއަރުވަން ކުރަމުން އަންނަ މަސަތްކަތްތަކާއި މިވީ އަހަރުތަކުގައި އެގައުމުގެ ގައުމީ ޓީމަށް ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އޮބަމަޔަންގް އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ 13 އަހަރު ގެބޮންގެ ގައުމީ ޓީމަށް އޮބަޔަމަންގް ވަނީ 72 މެޗު ކުޅެ 30 ގޯލް ޖަހައިދީފައެވެ. އޭނާ އަކީ ގެބޮންގެ ތާރީހުގައިވެސް އެގައުމުގެ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިއާ އެވެ. ގައުމީ ޓީމާއެކު އޮބަމަޔަންގް ވަނީ 2012 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

އޮބާމަޔަން ވަނީ ޖެނުއަރީ ޓްރާންސްފާގެ ތެރޭގައި އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 17 މެޗުން ވަނީ 13 ގޯލު ޖަހައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *