ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޔާމިނަށް ކެނޑިޑޭޓަކު ނުނެރުމަށް އެންމެ ބޮޑަށް ވިސްނައި ދެމުންދަނީ ކުރިން އެމަނިކުގާނާ ދެކޮޅަށް މަސައްކަތް ކުރެއްވި, މިހާރުގެ އިސް ވަކީލު ޑރ. ޖަމީލް

އިންޑިއާ އައުޓު ހަރަކާތުގެ އިސް ބައެއް ފަރާތްތައް ހައްޔަރަށް! ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފިނި ކޮޓަރީގައި!

އިންޑިއާ އައުޓު ހަރަކާތުގެ އިސް ބައެއް ފަރާތްތައް ހައްޔަރަށް! ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފިނި ކޮޓަރީގައި!

އިންޑިއާ އައުޓު ކެމްޕޭނަކީ ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައިވާ އެންމެ ބޮޑު އަދި ހަމައެކަނި ސިޔާސީ ހަރަކާތް ކަމުގައިވެސް ދެންނެވިދާނެއެވެ. މިހަރަކާތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ރައީސް ޔާމިން ޖަލުގައި ހުންނަވަނިކޮށެވެ.

މިގޮތުން، މިހަރަކާތުގެ ފެށުމެއްގެ ގޮތުގައި ފެންނާން އޮތީ، ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއިއެކު ގާއިމްކުރި، އުތުރު ތިލަފަޅުގެ އެއްބަސްވުމެވެ. މި އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުން އައި ފާޑު ކިޔުންތަކާއި، އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރުމަށް ކުރަމުންއައި ޑިމާންޑްތަކާއި އަދި މިއެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ލިބިގެންދިޔަ ދިއުމާދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަންފެށި އިހުތިޖާޖްތަކެވެ. މިއިހުތިޖާޖުތައް ފުޅާވެ، އިހުތިޖާޖުތައް ވަރުގަދަވެ، ސިޔާސީ ހަރަކާތަަކަށް ބަދަލުވެ، އެންމެފަހުން މިހާރު މިހަރަކާތްވަނީ "އިންޑިއާ އައުޓު" ހަރަކާތުގެ ގޮތުގައި ބޭރު ދުނިޔޭގެ ބައެއް މީޑިއާތަކުންވެސް ކަވަރު ކުރަން ފަށާފައެވެ.

އަދި އިދިކޮޅު ޕީޕީއެމްއިން އިސްވެ އޮވެ ކުރިޔަށް ގެންދާ މިހަރަކާތް، ރައީސް ޔާމިން މިނިވަން ވުމާއި ހަމައިން އިތުރު ގިޔަރެއް ކުރިޔަށް ޖައްސާ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕީޕީއެމްއިން މިހަރަކާތް ފުޅާކުރި ތަންވެސް ފެނިގެން ގޮސްފައި ވެއެވެ. ރައީސް ޔާމިން ޖަލުން މިނިވަން ވުމަށްފަހު، މިހަރަކާތުގެ އެންމެ ކުރީސަފުގައި ހުންނަވަމުން ގެންދަވަނީވެސް ޚުދު އެމަނިކްފާނެވެ.

މިގޮތުން، އިންޑިއާ އައުޓު ހަރަކާތުގައި ބައިވެރިވާ އާންމު ރައްޔިތުންގެ އަދަދު އިންތިހާއަށް މިހާރު އިތުރުވެގެން ގޮސްފައިވާއިރު، މެދުނުކެޑި މާލޭގައި ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕޭނުގެ އަސަރު ނުވަތަ އޭގެ ޕްރެޝަރު އެންމެފަހުން ސަރުކާރަށްވެސް އިހުސާސްވެއްޖެކަން ކަށަވަރު ވެގެންދިޔައީ، މި ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމުގައި ނިންމާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިހަރަކާތް މަނާކުރުމަށް ނިންމި ހިސާބުންނެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހު, އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ސިޔާސީ އެންމެ ބޮޑު އެއް ހަރަކާތަކީ އިންޑިއާ އައުޓު ހަރަކާތް

އެއަށްފަހު، ފުލުހުންދަނީ، މަލޭގެ އެކި ތަންތަނުގައާއި، ރާއްޖޭގެ އެކި ރަށްތަކުގައި ހަރުކުރާ އިންޑިއާ އައުޓު ބެނަރތައް ނަގަމުންނެވެ. އަދި އެންމެފަހުން، މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންވެސް ސަރުކާރުން މިހާރުވަނީ ހައްޔަރު ކުރަން ފަށާފައެވެ. އިއްޔެ ފުލުހުންވަނީ އިންޑިއާ އައުޓު ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފައެވެ.

 

އިސް ބައެއް ފަރާތްތައް ފުލުހުންގެ ހައްޔަަރަށް، އަނެއް ބަޔަކު ހަނު!

އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕޭނަށް 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ގެންދަވަނީ މި ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރި ވަމުންނެވެ. މީގޮތުން މިހަރަކާތުގެ އެންމެ ކުރީ ސަފުގައި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބުދުﷲ ޔާމިން ހުންނެވިއިރު، ޕީއެމްގެ މިހާރުގެ މަޖިލިސް މެމްބަރުންގެ އިތުރުން، ކުރީގެ ބައެއް މަޖިލިސް މެމްބަރުންވެސް މި ހަރަކާތުގެ އެންމެ ކުރީސަފުން ފާއިތުވެދިޔަ ތަނުގައިވަނީ ފެނިގެން ގޮސްފައެވެ.

އެހެންނަމަވެސް ހަމައެއާއެކު، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ މި ކެމްޕޭނަށް 2 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، އަދި މިހާތަނަށް މި ކެމްޕޭނުގެ އިސްސަފުން ފެނިގައިވާ ނުވާ، އަދި އެންމެ ކުޑަމިނުން އިންޑިއާ އައުޓު ޓީޝާޓުވެސް އެއްވުމެއްގައި ބޭނުން ކޮށްފައި ނުވާ ފަރާތްތައްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މީގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާ އެއް ބޭފުޅަކީ، ކުރީން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު، ސަރުކާރު ބަދަލުވުމާއެކު އެޑްވައިޒަރެއްގެ ހައިސިއްޔަތުން ޕީޕީއެމްއާއި ގުޅިވަޑައިގެންވި، ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޑރ. ޖަމީލް ފާހަގަވެގެން ގޮސްފައިވަނީ, ޕީޕިއެމްގެ ސިޔާސީ ހަރަކާތްތަކަށް ނުނިކުންނަވަ އެހެންނަމަވެސް ބޮޑު މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި

އެހެންނަމަވެސް ޑރ. ޖަމީލް ފާހަގަވެގެން ގޮސްފައިވަނީ، ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގައި ކުރިޔަށް ދާ މުޒާހިރާތަކާއި ގުޅިގެން ޓުވީޓު ކުރައްވާ، މިއުސޫލުން ގަދަބަސްވެސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. ޕީޕީއެމްއިން ބައްވާ ކާމިޔާބު ކޮންމެ މުޒާހިރާއަކާއެކު، ޑރ. ޖަމީލް ކާމިޔާބީގެ ފައިދާ ނަންގަވާ ޓުވީޓު ކުރައްވަމުން ގެންދަވާތައް ފާއިތުވެދިޔަ ތަނުގައިވަނީ ފެނިގެން ގޮސްފައެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް އިސް ފަރާތްތަކުން އިންޑިއާ އައުޓު ޓީޝާޓު ބޭނުން ކުރައްވަން ޖެހިލުންވެ، އަދި މިހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަން ފަސްޖެހޭ ޖެހުމާއި ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅަކު ނަން ހާމަ ނުކުރަން ޝުރުތުކޮށް ވިދާޅުވެފައިވަނީ، މިހަރަކާތުގައި ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރި ވަޑައިގަންނަވަން ފަސްޖެހޭ ކަމުގެ ކަންބޮޑުވުން ލީޑަރޝިޕްގައިވެސް އޮތް ކަމުގައެވެ.

އަދި އެއީ ކޮންމެވެސް ދުވަހުކުން އެބޭފުޅުންގެ އަތުގައި އިންޑިއާއި ހިފާ، އިންޑިއާގެ އެހީތެރިކަމާއެކު ޕީޕީއެމްގެ ލީޑަރޝިޕަށް ނުވަތަ ވެރިކަމަށް އާދެވިދާނެކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅެއްގެ ސަބަބުން ވާގޮތެއް ކަމުގައިވެސް ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ޚަބަރު އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅު ވެފައި ވެއެވެ.

އެއީ ކޮންމެވެސް ދުވަހުކުން އެބޭފުޅުންގެ އަތުގައި އިންޑިއާއި ހިފާ، އިންޑިއާގެ އެހީތެރިކަމާއެކު ޕީޕީއެމްގެ ލީޑަރޝިޕަށް ނުވަތަ ވެރިކަމަށް އާދެވިދާނެކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅެއްގެ ސަބަބުން ވާގޮތެއް.

ޕީޕީއެމްގެ ލީޑަރުޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް، އިންޑިއާ އައުޓު ހަރަކާތަކީ ޢައިރު ގާނޫނީ ހަރަކާތެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުއްވި ފަހުންނާއި އަދި އޭގެ ކުރިންވެސް ބާއްވާފައިވާ އިންޑިއާ އައުޓު މުޒާހިރާތަކުގައި ޕީޕީއެމްގެ އިސް ގިނަބަޔަކު ފުލުހުންގެ ހައްޔަރަށް ދާންޖެހި އަދި ލީޑަރޝިޕްގައި ހިމެނިވަަޑައިގަންނަވާ ބައެއް ފަރާތްތަކުން ޖަލަށް ވަންނަންވެސް ޖެހިފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

ލީޑަރޝިޕްގެ އެއްބައިވަންތަ ކަމެއްނެތި ކާމިޔާބެއް ނުކުރެވޭނެ!

ހުރިހާ ޑިމޮކަރަސީއެއްގައިވެސް އިދިކޮޅު ޕާޓީއަކީ ސަރުކާރު ޒިންމާދާރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާންޖެހޭ އަދި އެމަސްއޫލިއްޔަތު އަދާކުރާންޖެހޭ ފަރާތެވެ. އެހެންނަމަވެސް ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމުތަކުގައި، މިޒިންމާ އަދާކުރުމުގައި އަބަދުވެސް އިދިކޮޅު ޕާޓީއަށް އޮންނަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ބޮޑެތި ގުރުބާނީތަކެއް ވާން ޖެހިފައެވެ.

އަދި ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، އިދިކޮޅު ފަރާތްތަކުން މިގޮތުން ހިންގާ ހަރަކާތްތައް ކާމިޔާބު ވެދިއުމުގެ އެންމެ މުހިންމު އަސާސަކަށް އަބަދުވެސް ވެގެން ގޮސްފައި އޮންނަނީ، އިދިކޮޅު ޕާޓީގެ އެތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމުގެ ރޫޙު ކަމުގައެވެ. އޭގެ އަސްލަކީ މުޅި ލީޑަރޝިޕް އެކީގައި ވާންޖެހޭ ގުރުބާނީއެވެ. މިގޮތުން އަމިއްލަ ދިރިއުޅުމާއި، ވިޔަފާރިއާއި އަދި އެނޫން ކަންކަމުގައިވެސް ހަމަ ކޮންމެ މީހަކީވެސް މަސްލަހަތުތައް ފުށުއަރާ، އުޒުރުތައް ހުރި މީހުން ކަމުގައި ރުހި ގަބޫލުވެ، ކުރިމަތިވާ ގޮންޖެހުންތަކާ އެންމެ އެކީ އެއްވާނެއްގައި ކުރިމަތި ލުމެވެ.

އިންޑިއާ އައުޓު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާކަމުގެ ތުހުމަތުގައި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ

އެހެންނަމަވެސް، ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގެން، އެޑްވައިޒަރެއްގެ ލަގަބު ލިބުމުން، އެއީ ތިމާއަށް ހައްގުވާ މިންވަރުކަމުގައި ދެކި، ޕާޓީގެ ލީޑަރޝިޕްގައި އެއްބަޔަކު ގުރުބާން ވަމުންދާއިރު، އެޑްވައިޒަރުންނަށް އެމަންޒަރު ދެކެން ފިނިކޮޓަރީގައި ތިއްބަވަން ކެރިވަޑައިގަންނަވާނަމަ، އެއީ ވަރަސްވެސް ބޮޑު މައްސަލައެއްގެ ގޮތުގައި މެނުވީ ބެލެވޭކަށް ނޯންނާނެއެވެ.

ސަބަބަކީ މަގާމަކީ، އަތުންފައިން ކުރާ މަސައްކަތަކާއި ނުލާ ހައްގުވާ އެއްޗެއްކަމުގައި ދެކިގެން ނުވާނެތީއެވެ.

އަދި އަމުދުން ލީޑަރޝިޕްގައި ތިއްބަވަން ވާނީ، އަމަލުން މިސާލު ދައްކަވާ، ލީޑަރޝިވެސް އެމަގުން ދައްކަވަން ކެރިވަޑައިގަންނަވާ ބޭފުޅުން ކަމުގައިވެސް ވާން ޖެހޭތީއެވެ. އަދި މިއީ ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ ތެރެއިން ފެންނާން ޖެހިފައިވާ، އަދި މިހާތަނަށް ފެނިގެން ގޮސްފައިނުވާ މަންޒަރެއް ކަމުގައިވެސް ދަންނަވާން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *