އެމްޑީޕީން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

އެމްޑީޕީން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން އިއުލާންކޮށްފިއެވެ. މި އިންތިޚަބުގައި 48 ހާހަށްވުރެ ގިނަ މެންބަރުން ވޯޓުލާފައިވެއެވެ.

އެންޑީޕީން މިދިޔަ ހޮނިހިރު އިންތިޚާބު ބޭއްވި ފަސް މަޤާމަކަށް ބޭފުޅުން އައްޔަންކުރުމަށެވެ. އެއީ އެޕާޓިގެ ޗެއަރޕާސަންގެ މަޤާމާއި، އަންހެނުންގެ ރޫހުގެ ރައީސްއާއި ނާއިބު ރައީސްއާއި، ޒުވާނުންގެ ރޫހުގެ ރައީސްއާއި ނާއިބު ރައީސް ހޮވުމަށެވެ.

މި އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑުވީ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބަށެވެ. ޗެއަރޕާސަންކަމަށް ވާއްދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. ޗެއަރޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.
އެމްޑީޕީން ޢާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ފައްޔާމަށް ލިބިވަޑައިގަތީ 27،163 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ. ޖުމްލަ 48،107 މީހަކު ވޯޓްލާފައިވެއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ޞަފާތު އަޙްމަދެވެ. އަންެނުންގެ ރޫހުގެ ރައީސްގެ އިންތިޚާބު ކާމިޔާބުކުރެއްވީ ރޮޒައިނާ އާދަމެވެ. ރޮޒައިނާއަށް ލިބިވަޑައިގަތީ 11586 ވޯޓެވެ. އަދި ޞަފާތަށް ލިބިވަޑައިގަތީ 7930 ވޯޓެވެ.

އަންހެނުންގެ ރޫހުގެ ނައިބު ރައީސްކަމަށް ވާދަކުރެއްވީ ފާޠިމަތު ސަމީރު އެކަންޔެވެ. އޭނާ އެ މަޤާމަށް އިންތިޚާބުކުރަން ފެންނަކަމަށް 7640 ވޯޓު ދީފައިވެއެވެ. ނުފެންނަކަމަށް ވޯޓު ދިނީ 4496 މީހުންނެވެ.

އެމްޑީޕީ ޒުވާނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވީ މުހައްމަދު އަންޞަރު އާއި، ރިފްގާ ޝިޔާމެވެ. އިންތިޚާބު ކާމިޔާބުކުރެއްވީ ރިފްޤާ ޝިޔާމެވެ. އޭނާއަށް 6300 ވޯޓު ލިބިވަޑައިގެންނެވިއިރު، އަންޞާރަށް ލިބިވަޑައިގަތީ 5569 ވޯޓެވެ. ޒުވާނުންގެ ރޫހުގެ ނާއިބު ރައީސްކަމަށް ވާދަކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްރެކްޓަރ އަޙްމަދު މައިމޫނެވެ. އޭނާ އެ މަޤާމަށް އިންތިޚާބުކުރުމަށް ފެންނަކަމަށް 8052 ވޯޓު ދީފައިވެއެވެ./ ނުފެންނަކަމަށް ވޯޓު ދީފައިވަނީ 1813 މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *