މާލޭގެ ފާރުތަކާއި މަގުތަކަށް "އިންޑިއާ އައުޓް" ސްޕްރޭކުރާ މައްސަލާގައި ކޯޓު އަމުރަކަށް ހައްޔަރުކުރަން ހޯދަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ، ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) އެވެ.
ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޑިފެނެސް މިނިސްޓަރ މާރިޔާ ދީދީގެ ގެކޮޅުގައިވެސް ރޭވަނީ އިންޑިއާ އައުޓް ސްޕްރޭ ކޮށްފައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް ރައީސްގެ ޤަރާރަށްފަހުވެސް މާލޭގެ މަގުތަކަށް އިންޑިއާ އައުޓް ކަރުދާސް އެޅުމާއި، އިންޑިއާ އައުޓްގެ އެކުރުތަކަށް ބަދަލު ގެނެސް ބެނަތައް ދެމުން ވަނީ އާންމުވެފައެވެ.
ކޮމެންޓު ފޮނުވާ