ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމުގައި މިމަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.
ގަމުގެ ތުނޑީ އަވަށުގެ ބަނދަަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ހިއްސާ ކުރަމުން އެމްޓިސީސީން ބުނެފައިވަނީ މި މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޓީސީސީން މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނޭ ކަމަށެވެ.
ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. #MTCCProjects #RayyithungeKunfuni pic.twitter.com/IVZ7x6zfSG
— MTCC Plc (@MTCCPlc) May 17, 2022
އޭގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 24.71 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓު ފޮނުވާ