ފުލުހުން މީގެކުރިން އަތުލާފައިވާ މަސްތުވާ ތަކެތި - ފޮޓޯ: ފުލުުހުން

މާލެ އަތޮޅު ރަށެއްގެ ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަނީ

މާލެ އަތޮޅު ރަށެއްގެ ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަނީ

މާލެ އަތޮޅު ރަށެއްގެ ސްކޫލަކަށް ދަރިވަރަކު މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މާލެ އަތޮޅު ރަށެއްގެ ސްކޫލަށް މަސްތުވާތަކެތި ގެންގޮސްފައި ވާކަމުގެ މައުލޫމާތު މިއަދު 11:34 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބަލަމުން ދަނީ ކޮން ރަށެއްގެ ސްކޫލެއްގައި ހިނގާދިޔަ ކަމެއްކަން ހާމަކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ ކ. މާފުށީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ސްކޫލުގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނައިރު މަސްތުވާތަކެތި ފެނިފައި ވަނީ އެ ރަށު ސްކޫލުގައި ސާނަވީ ގްރޭޑެއްގައި ކިޔަވަމުން އަންނަ ކުއްޖެއްގެ އަތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *