ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މިފަދަ މައއްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ފުލުހުންގެ ނޯތު ޕޮލިސް ރީޖަންގެ ރަށަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ އުމުރުން 40 އަހަރުގެ ދިވެހި ފިރިނެކެވެ.
މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިހާރު މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ