ފައްޔާޒާއެކު އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ: ނަޝީދު

ފައްޔާޒާއެކު އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
15 މެއި 2022 08:30
0

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  ޗެއަރޕާސަންގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެގައި ނަޝީދު ވިދާޅުވީ ފައްޔާޟްގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެކަމާމެދު އެމަނިކުފާނުގެ ހިތުގައި ޝައްކެއް ނެތްކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ފައްޔާޟްއާ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ފައްޔާޟް ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް ނަޝީދުގެ އެހީތެރިކަމާއި އިރުޝާދާއެކު އެމްޑީޕީން ދާނީ ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި، ޤައުމު ތަރައްޤީކުރުމައިގެން ކުރިއަށްކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.

ވާދަވެރި އިންތިހާބަކަށްފަހު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ މިނިސްޓަރ ފައްޔާޟަށް މަރުހަބާ ދަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.