އިންތި ބަލި ޤަބޫލުކޮށްފި، ވިދާޅުވީ، އެމްޑީޕީގައި ދެމިހުންނަވާނެކަމަށް

އިންތި ބަލި ޤަބޫލުކޮށްފި، ވިދާޅުވީ، އެމްޑީޕީގައި ދެމިހުންނަވާނެކަމަށް

Author
މުޙައްމަދު ޖިމީ
15 މެއި 2022 05:05
0

ވާދަވެރި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީ ޤަބޫލުފުލުކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ޗެއަރޕާސަންކަން ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ފުރަތަމަފަހަރަށް ކުރެއްވި ޓްވީޓްގައި އިންތި ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރުވެރިވާކަމަށެވެ. އަދި އެމްޑީޕީން މިވީހާ ދުވަހު ނަގަހައްޓަމުން އައިހަމަތަކާ އަސާސްތަކުގައި އެޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނެކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާރސަންކަމަށް ފައްޔާޒު އިސްމާއިލް ވާދަ ކޮށްފައިވަނީ ރައީސް ސާލިހުގެ ތާއީދާއެކީއެވެ. މިގޮތުން ފާޅުގައި ކެމްޕޭނަށް ނުނިކުންނެވި ނަމަވެސް، ފައްޔާޒަށް ތާއީދު ހޯއްދެވުމަށް ރައީސް ސާލިހުވަނީ އަމިއްލަފުޅަށް މަސައްކަތް ކުރައްވާފައެވެ. އަދި ކެބިނެޓްގެ ވަޒީރުންނާއި، ކުންފުނިތަކާއި، އަދި ސަރުކާރުގެ ވަޒީފާތަކުގަ ތިބި ގިނަ މުވައްޒިފުންވެސް ވަނީ ފައްޔާޒުގެ ކެމްޕޭނުގައި އަމަލީގޮތުން މަސައްކަތް ކޮށްފައެވެ.

އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ތާއީދާ އެކީއެވެ. އަދި ނަޝީދުގެ އެންމެ އަރިސް ފަރާތްތަކުންވެސް ވަނީ އިމްތިޔާޒު ފަހުމީއަށް ތާއީދު ހޯއްދެވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.

އެހެންކަމުން މިއިންތިޚާބު ބެލެވިގެން ދިޔައީ، ހަގީގަތުގައި ރައީސް ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި ބޭއްވިގެންދިޔަ އިންތިޚާބަކަށެވެ. އަދި އިންތިޚާބިގައި ރައީސް ސާލިހަށް ކާމިޔާބު ލިބުގެން ދިއުމުން، އެމްޑީޕގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގައި ރައީސް ސާލިހަށް ވަރަށް ބޮޑަށް މަގުފަހުވެގެން ދާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.