ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 74 ފުލުހަކު ހުވައިކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 74 ފުލުހަކު ހުވައިކޮށްފި

Author
މުޙައްމަދު ޖިމީ
15 މެއި 2022 11:49
0

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާރޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލްއެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް އާއި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ބައިވެރިވެލެއްވިއެވެ.

ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 74 މުވައްޒަފުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 70 ފުލުހުންނާއި 4 ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ސޮއިކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.